ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިންހެލުމުގައި މިޔަންމާއިން މަރުވި މީހުންގެ އަދަދު ހާހަކަށްވުރެ މައްޗަށް!

މިޔަންމާ ބިންހެލުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިޔަންމާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ހާހަކަށްވުރެ މައްޗަށް ގޮސްފިއެވެ.

ދެކުނު އިރުމަތީ އޭޝިޔާ ބައްރަށް އައި ބާރުގަދަ ބިންހެލުމުގައި، ތައިލެންޑާއި އަދި އެ ސަރަޙައްދުގެ އެތައް ބައެއްގެ ފުރާނަގެއްލި، ގިނަ ޢަދަދެއްގެ މީހުން ޒަޚަމްވެފައިވެއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގައި މިޔަންމާއިން ހާހަކަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ.

އެހެންނަމަވެސް ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 10،000 އަށްވުރެ އިތުރުވުން އެކަށީގެންވާކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސް) އިން އަންދާޒާ ކުރެއެވެ.

މީގެ އިތުރުން، ބިންހެލުމުގެ އެންމެ ބޮޑު ގެއްލުންތަކެއް ވެފައިވަނީވެސް މިޔަންމާއަށްކަމަށް ބީބީސީގައި ވަނީ ރިޕޯޓު ކޮށްފައެވެ.

މި ޙާދިސާއާ ގުޅިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް ރެސްކިއު ޓީމުތަކުން އަދިވެސް ގެންދަނީ ކުރަމުންނެވެ.

މި ބިންހެލުމުގެ އަސަރު ބެންކޮކަށްވެސް ކޮށްފައިވާއިރު، އެހިސާބުގެ ބައެއް އިމަރާތްތައް ވަނީ ވެއްޓިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: