ރަޢީސް މުޢިއްޒު އަކީ މި ޤަޢުމު ދެކޭނެ މި ޤަޢުމަށް އެއްމެ އަމާނާތްތެރި އެއްމެ އޯގާތެރި ރަޢީސްކަން ޔަޤީންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު އެފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފަލާހު ވިދާޅުވީ، ޢިއްޒައިތްތެރި ރަޢީސްގެ ދެކަނބަލުންގެ ޢީދު ސަލާމާއި ޢީދުހަވީރުން ވަރައްގިނަ ވާހަކަ ބުނެދީފި ކަމަށެވެ.
މީގެ އިތުރުން، ދިވެހި ރައްޔިތުންގެ ރަޢީސް އަކީ ރަޢީސް މުޢިއްޒުކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ހަމައެއާއެކު، ދިވެހި ޤަޢުމުގެ ވީރާނާވެ ގެއްލިފައިވާ ޢިޖުތިމާޢީ އެއްބައިވަންތަކަމާއި ޤައުމީ ލޯބި މިޤައުމަށް އަނބުރާގެނެސް ދެވޭނެ ވެރިޔަކީ ރަޢީސް މުޢިއްޒުކަން ކަށަވަރުވެއްޖެ ކަމަށްވެސް ފަލާހު ފާހަގަ ކުރެއްވިއެވެ.
ފަލާހު ވިދާޅުވީ، އިދިކޮޅުން ދައްކާވާހަކަތަކަށް ރައްޔިތުން ”ސަޅި ޖަވާބެއް“ ދީފި ކަމަށެވެ.
ހަމައެއާއެކު، ރަޢީސް މުޢިއްޒު އަކީ މި ޤަޢުމު ދެކޭނެ މި ޤަޢުމަށް އެއްމެ އަމާނާތްތެރި އެއްމެ އޯގާތެރި ރަޢީސްކަން ޔަޤީންކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ރައީސްގެ ދެކަނބަލުންގެ އީދު ސަލާމާއި ސަރުކާރުން ބޭއްވި އީދު ޙަރަކާތްތަކުގައި ކުދިބޮޑު ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

