ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކާތަށް ލިބުނު ފައިސާއިން ގާޒާގެ ކުޑަކުދިންނަށް ބައި މިލިއަން ރުފިޔާ ހަދިޔާކުރުމަށް ނިންމައިފި

ޢައްޒާގެ ރައްޔިތުން ދިފާއު ކުރުމަކީ އިންސާނީ ވާޖިބެއް: މިނިސްޓަރ ޝަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން، ގާޒާގެ ކުޑަކުދިންނަށް ބައި މިލިއަން ރުފިޔާ ހަދިޔާކުރުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރ ވިދާޅުވީ ފަގީރުންގެ ދަފްތަރުގައި ތިބި ކޮންމެ މީހަކަށް ޒަކާތުގެ ގޮތުގައި 4،500 ރުފިޔާ ޖަމާކޮށްދީފައިވާކަމަށެވެ.

ފަގީރުންގެ ދަފްތަރުގައި މި ވަގުތު ތިބީ 2،765 މީހުންކަމަށްވާއިރު، ފިތުރު ޒަކާތުގެ ގޮތުގައި މި އަހަރު ބަހާފައިވަނީ 12.4 މިލިއަން ރުފިޔާއެވެ.

ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން ގާޒާގެ ކުޑަކުދިންގެ ކާބޯތަކެއްޗަށް ފަސް ލައްކަ ރުފިޔާ ހަރަދުކުރަން ނިންމާފައިވާ ކަމަށް ޝަހީމް މިނިސްޓަރު ވިދާޅުވިއެވެ.

ގޮވާމުން ލިބުނު ޒަކާތް، މާލެ ސަރަހައްދުގެ ކޮންމެ ފަގީރަކަށް 15 ކިލޯ ދީފައިވެ އެވެ.

މިއަހަރަކީ ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރުކަން ފާހަގަކޮށްލެވެއެވެ.

އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 13،264،819 ރުފިޔާ ލިބިފައިވެއެވެ. ނިމިދިޔަ އަހަރު ލިބިފައިވަނީ 12،594،777.92 ރުފިޔާކަމަށްވާއިރު 2023 ވަނަ އަހަރު 12،691،506.08 ރުފިޔާ ލިބިފައިވެއެވެ. 2022 ވަނަ އަހަރު ލިބިފައިވަނީ 11،669،385.10 ރުފިޔާއެވެ.

މި އަހަރު ގޮވާމުން ބަލައިގަނެފައިވަނީ 10،025.66 ކިލޯއެވެ. މިއީ އޭގެ ކުރީ ތިން އަހަރަށްވުރެ ދަށް އަދަދެކެވެ. 2024 ވަނަ އަހަރު ގޮވާމުން 12،959.29 ކިލޯ ގޮވާމުން ބަލައިގަނެފައިވެއެވެ. އަދި 2023 ވަނަ އަހަރު 12،380.85 ކިލޯ ބަލައިގަތް އިރު 2022 ވަނަ އަހަރު 10،092 ކިލޯ ބަލައިގަނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: