ފިތުރު އީދުގެ މުނާސަބަތުގައި މާލޭގައި ކުރިއަށް ގެންދިޔަ ”އީދު ހަވީރުު“ މާދަމާ އާއި އޭގެ އަނެއް ދުވަހުވެސް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ފިތުރު އީދު ފާހަގަކުރުމަށް އިއްޔެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައި ވަނީ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒުގެ މައިދާނާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށެވެ. މިއީ އެމްއެންޑީއެފުން އިސްވެ ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ފުލުހުންނާއި ސަރުކާރުގެ އެކި ކުންފުނިތަކުންވެސް ބައިވެރިވިއެވެ.
މިއަދާއި މާދަމާ ހަވީރު 4:00 އިން 6:00 އާ ހަމައަށް އެ ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.
މި ހަރަކާތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އިއްޔަ މި ސަރަހައްދުތައް އޮތީ ފުރާލާފައެވެ. ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުންވެސް ވަނީ މި ސަރަހައްދަށް ވަޑައިގެން ރައްޔިތުންނާއިއެކު ވަގުތު ހޭދަކުރައްވާފައެވެ. މި ހަރަކާތުގެ ތެރެއިން ސަގާފީ އެކި ހަރަކާތްތައްވެސް ދައްކުވައިދިނެވެ.
ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައިވެސް އީދުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެެ. އެގޮތުން ހަވާ އަރުވާފައިވާއިރު، މިނެޓުގެ ޑްރޯން ޝޯއެއް ކުރިއަށް ގެންދިޔައެވެ.

