ކޮފީ ފުޅިތަކެއް ވަގަށް ނެގި މީހެއްގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.
އޭނާ ވަގަށް ނަގާފައިވަނީ ދިހަ ފުޅި ކޮފީއެވެ.
މިއީ 43 އަހަރުގެ ގައްދޫއަށް ނިސްބަތްވާ މީހެކެވެ. އޭނާގެ ހައްޔަރު ބަންދުގެ 40 ރެކޯޑު އޮތްކަން ވެސް އެނގެއެވެ.
ބަންދު އަމުރުން އެގޭ ގޮތުގައި އޭނާ ވަނީ އޭނާ އަކީ ދާއިމީކޮށް ހަކުރު ބައްޔަށް ބޭސްކާ މީހެކެވެ. ބަންދު ކުރި ފަހުން ބޭސް ނުލިބޭކަމަށް އޭނާ ބުނެފައިވާކަން ބަންދު އަމުރުން ހާމަވެއެވެ.
އޭނާގެ މައްޗަށް ހަތް ދުވަހުގެ ބަންދެއް ޖަހާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާގެ (ބ) ގެ ދަށުން މުޖުތަމައުގެ ސަލާމަތަށްޓަކައެވެ.

