ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގައި ހިނގާ އެއްވެސް ގޯސްކަމަކާއި ރައީސް ހަވާލެއް ނުވޭ، ރަނގަޅުކަމެއް ނަމަ ކްރެޑިޓް ނަންގަވާ: މޫކޭ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ)/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިފައިވާ އެއްވެސް ކަމެއް އެއީ ސަރުކާރަށް ނޭނގި އޮތް މައްސަލައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް ހައްދަވާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި މޫކޭ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ނުފޫޒެއް ނެތް ނަމަވެސް ސަރުކާރުން ބޭނުންވާ ގޮތަކަށް ކޯޓުތައް ހިންގުމަށް މަސައްކަތް ކުރާކަމީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ބެންޗުގެ އަދަދު ދަށްކުރުމަށް ގާނޫނަށް ގެނައި އިސްލާހު އަނބުރާ ފޮނުވާލާފައި ވަނީ ވެސް ރައްޔިތުންނަށް އެހެން މަންޒަރެއް ދެއްކުމުގެ ބޭނުމުގައިކަމަށް ވިދާޅުވި އެވެ.

މޫކޭ ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވީ ކޮންމެ ފިޔަވަޅެއް އަޅައި ވިޔަސް، ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ ދުސްތޫރީ މައްސަލަ ހުއްޓުވުމަށެވެ. އަދި އަވަސް އަރުވާލައި ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް ބެންޗު ކުޑަކުރުމަށް ނިންމާފައި ވަނީ ސަރުކާރުން ބޭނުންވާ ގޮތާއި ހިލާފަށް މައްސަލަ ނިމިގެން ދިއުމުގެ ފުރުސަތު އެބައޮތްކަން އެނގިކަމަށް ވިދާޅުވި އެވެ.

އެ އިސްލާހު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލުމާއި ގުޅޭގޮތުން މޫކޭ ވިދާޅުވީ، ސަރުކާރުން ބޭނުންވި ގޮތަށް ކޯޓުގައި ތަޅު އެޅުވިފައި އޮންނަތާ މިހާރު މަހެއްވީކަމަށެވެ. އަދިވެސް ދެ ފަނޑިޔާރުން ތިބީ ސަސްޕެންޝަނުގައިކަމުން ދުސްތޫރީ މައްސަލަ ކުރިޔަށް ގެންދިއުމަށް ބޭނުންވާ ފުލް ބެންޗު ހަމަނުވެ އޮތުމަކީ ސަރުކާރުން ބޭނުންވާނެ ވެސް ގޮތްކަމަށް އޭނާ ވިދާޅުވި އެވެ.

ދެން ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ކަން ވީނުން.. މިހާރު އެ ތިބީ ދެ ފަނޑިޔާރުން ސަސްޕެންޑުކޮށްފައި.. އެ ދެ ފަނޑިޔާރުން ކޯޓަކަށް ނުވަދެވޭ.. ޝަރީއަތުގައި ބައިވެރިއެއް ނުވެވޭ.. ދެން މައްސަލަ އޮންނަންތާ ޖެހޭނީ.. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާގެ މަގްސަދު ހާސިލުވެއްޖެ.. މެމްބަރުންތައް ކަތިވެއްޖެ.. އެ މީހުން ރައީސުލްޖުމްހޫރިއްޔާ ބުނެގެން ކުރި ހުރިކާމަކީ މެމްބަރުންގެ ހުރި ގަމާރުކަމުން ކުރި ކަމަކަށް ހަދާ ނިންމާލައިފި..

މޫކޭ ވިދާޅުވީ ރައީސް މުއިއްޒު ގައުމާއި ސަރުކާރުގައި ހިނގާ ރައްޔިތުން ކަންބޮޑުވާކަމެއް ނުވަތަ ގޯސްކަމަކާއި ހަވާލު ނުވާކަމަށެވެ. އަދި ރަނގަޅަށް ހިންގާ ކޮންމެ ކަމެއް ނުވަތަ އެއީ އެހެން ބޭފުޅަކު ކުރައްވާ މަސައްކަތަކަސް އެއީ އެމަނިކުފާނުގެ މަސައްކަތްކަމަށް ރައްޔިތުންނަށް ދައްކަވާކަމަށް ވިދާޅުވި އެވެ.

މޫކޭ ވިދާޅުވީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދުގެ މައްޗަށް ކުރި ތުހުމަތުތައް އެތައް މީޑިއާއެއްގައި ދެކެވުނުއިރު ވެސް އެއީ ނޭނގޭކަމެއްގެ ގޮތުގައި ރައީސް ވިދާޅުވިކަމަށެވެ. އަދި އެންސްޕާގެ މައްސަލައަކީ ވެސް އެމަނިކުފާނަށް އެއްވެސް މައުލޫމާތެއް ނުލިބި އޮތް މައްސަލައެއްކަމަށް ވިދާޅުވި ނޫންތޯ ސުވާލު ކުރެއްވިއެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ފެންމަތިކޮށް ސަސްޕެންޑު ކުރުމުން ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. އޭގެ ފަހުން ކޯޓުގެ ބެންޗު ކުޑަ ކުރުމަށް ވެސް އިސްލާހު ގެނައުމުން ފަހުން ރައީސް މުއިއްޒު ވަނީ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: