ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ފުޓްބޯލް ފޯ ޕީސްގެ ހަރަކާތްތައް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ފުޓްބޯލް ފޯ ޕީސްގެ ހަރަކާތްތައް ބައްލަވާލައްވާލެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފުޓްބޯލް ފޯ ޕީސްގެ ހަރަކާތްތައް ބައްލަވާލައްވައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ރަސްމީކޮށް ފެއްޓެވުމަށް އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ އިނގިރޭސިވިލާތުގައި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ބައެއް ތަންތަނަށް ޒިޔާރަތްކުރައްވާ، އެތަނުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މިގޮތުން ފުޓްބޯލް ފޯ ޕީސްގެ ނަމުގައި މަސައްކަތްކުރައްވަމުން އަންނަ ޖަމިއްޔާގެ އިސްވެރިންނާ ބައްދަލުކުރައްވައި އެ ޖަމިއްޔާގެ ބައެއް ހަރަކާތްތައްވެސް ރައީސް ބައްލަވާލެއްވިއެވެ.

ފުޓްބޯލް ފޯ ޕީސްގެ ކޯ ފައުންޑަރ، ކާޝިފް ސިއްދީގީ އާއި ބްރެޑްފޯޑް ސިޓީ އޮފް ކަލްޗަރގެ ސީއީއޯ ޝަހްނާޒް ގުލްޒާރުއާވެސް ރައީސް މުޢިއްޒު ބައްދަލުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފުޓްބޯލް ފޯ ޕީސްގެ އިސްވެރިންވަނީ އެ ޖަމިއްޔާގެ ހަރަކާތްތައް ކުރިއަށްދާ ގޮތާއި، އެ ޖަމިއްޔާގެ މައުލޫމާތުތައް ރައީސްއަށް ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން އެ ޖަމިއްޔާގެ ބެލުމުގެ ދަށުން ކުރިއަށްދާ ބައެއް ހަރަކާތްތައް ބައްލަވާލައްވައި، އެ ހަރަކާތްތަކުގެ ބައިވެރިންނާވެސް ރައީސް ބައްދަލުކުރެއްވިއެވެ.

ފުޓްބޯލް ފޯ ޕީސް ޖަމިއްޔާއަކީ އދ. ގެ އެހީތެރިކަމާއިއެކު ފުޓްބޯޅައިގެ ތެރެއިން އިޖުތިމާއީ މައްސަލަތައް ހައްލުކުރުމާއި، އެކި ސަގާފަތާއި ވިސްނުންތަކުގެ މީހުން އެއްތަނަކަށް ގެނެސް ބަދަހި މުޖުތަމަޢުއެއް ބިނާކުރުމަށް އެހީތެރިވެދޭ ޖަމިއްޔާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: