ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާދަމާއިން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ: މެޓު

ޝެއާރކޮށްލާ ކަހަލަދޯ؟

އާދިއްތަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މިއަދު ހާމަކޮށްފިއެވެ. މި ވިއްސާރައިގައި ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މެޓުން މައުލޫމާތު ދިން ގޮތުގައި އިއްޔެ މެދުރާއްޖެއާއި ދެކުނަށް ވިއްސާރަކުރިއެވެ. އަދި މިއަދު ދެކުނާއި މެދު ރާއްޖެއަށް ވިއްސާރަކުރުމާއެކު އުތުރަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް އިއްޔެ އުތުރުގެ މޫސުން ރަނގަޅު ކަމަށް ފާހަގަކޮށްފައިވެއެވެ.

މި ވިއްސާރައިގެ ހާލަތު ދެމިގެންދާނެ ކަމަށް ލަފާކޮށްފައިވަނީ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު ވައި މަޑުވެ، ކަނޑުތައް ވެސް އާދައިގެ މިންވަރަށް މަޑުޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް

ވިއްސާރައިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކެއް މެޓުން ވަނީ އާންމުންނާ ހިއްސާކޮށްފައެވެ. މީގެ ތެރޭގައި ގެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ފަދަ ތަކެތި ޖެހުމަށާއި، ގެތެރޭގައި ފެންބޮޑުވުމުން ގެއްލުންވެދާނެ މުދާ އުސްތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަންތަނަށް ބަދަލުކުރުމަށް އިރުޝާދު ދީފައިވެއެވެ.

މީގެއިތުރުން، ކަނޑުދަތުރުކުރާ ފަރާތްތަކަށް މޫސުމަށް ބަލައިގެން ދަތުރުކުރުމަށް މެޓުން ވަނީ އިންޒާރު ދީފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އާންމުންނަށް އިރުޝާދު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: