ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ތަސައްވުރަކީ ކުޅިވަރުގެ ދައުރު ފުޅާކުރުން: ރައީސް މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކުޅިވަރުގެ ދައުރު ފުޅާކުރުމަކީ މި ސަރުކާރުގެ ތަސައްވުރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކުޅިވަރު ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އިޖްތިމާއީ ބަދަލުތައް ގެނައުމާއި، މުޖުތަމައު ބިނާކުރުން އަދި ސުލްހަ ގާއިމުކުރުމުގައި ކުޅިވަރުގެ ދައުރު މުހިންމުކަން ފާހަގަކުރައްވާކަމަށެވެ.

”އަޅުގަނޑުގެ އަމާޒަކީ ރާއްޖޭގައި ސުލްހައާއި ދެމެހެއްޓިނިވި ގޮތެއްގައި ކަންކަން ކުރިއެރުވުމަށްޓަކައި ބޭނުންކުރާ ވަރުގަދަ ވަސީލަތެއްގެ ގޮތުގައި ކުޅިވަރުގެ ދައުރު އިތުރަށް ހަރުދަނާކުރުން،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން އޮންނަ ފަދަ މާހައުލެއް މުޖުތަމައުގައި ބިނާކުރުމުގެ މަސައްކަތްތަކާ އެކުގައެވެ.

ދުނިޔޭގެ ކުޅިވަރު ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޭޕްރިލް 6 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަހަކީ އެކި މުޖުތަމައުތަކުގައި ކުޅިވަރުގެ ދައުރު ފުޅާކޮށް، ކުޅިވަރުގެ ޒަރިއްޔާއިން އިޖްތިމާއީ ބަދަލުތައް ގެނައުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރާ ދުވަހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: