ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާ ގުޅުން އޮންނަ ސިޔާސީ ޕާޓީއަކާ އެމްޑީޕީ ގުޅޭކަށް ނުރުހެވޭ: ރީކޯ މޫސާ

މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ ޕާޓީއާއެކު ބަދަހިގުޅުމެއް އޮންނަ އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅު އެމްޑީޕީ ގުޅުމަކީ އެ ޕާޓީ ޤަބޫލުކުރާ ޑިމޮކްރަސީ ދަންނަ ކަމެއް ނޫންކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މޫސާ މަނިކު (ރީކޯ މޫސާ) ވިދާޅުވެއްޖެއެވެ.

މޫސާ މިފަދައިން ވިދާޅުވެފައިވަނީ، އެމްޑީޕީއާއި ޑިމޮކްރެޓްސް އެކުގައި ގުޅިގެން ސިޔާސީ މަސައްކަތަށް ނިކުންނަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މޫސަ ވިދާޅުވީ، ބޯމަތިވަމުން އަންނަނީ ލޯކަލްކައުންސިލް އިންތިޚާބު ކަމަށާއި، އެއިންތިޚާބަށް އެމްޑީޕީ ތައްޔާރުވުމުގެ ބަދަލުގައި ނިމިދިއަ ރިޔާސީ އިންތިޚާބާއި މަޖްލިސް އިންތިޚާބު ސަރުކާރުހިނގާ ޕާޓީއަށް ކާމިޔާބުވީ ފަދައިން ، ލޯކަލް ކައުންސިލް އިންތިޚާބު ސަރުކާރަށް ހޯދާދިނުމުގައި އެމްޑީޕީ ބައިބައި ކުރަން ޗެއަރޕަރސަން މެދުވެރިއަކަށް ވެގެންނުވާނެ ކަމަށެވެ.

މީގެ އިތުރުން، ސަރުކާރު ހިންގާ ޕާޓީއާއެކު ބަދަހިގުޅުމެއް އޮންނަ އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅު އެމްޑީޕީ ގުޅުމަކީ އެ ޕާޓީ ޤަބޫލުކުރާ ޑިމޮކްރަސީ ދަންނަ ކަމެއް ނޫންކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އަށް ގިނަވޯޓުތަކެއް ގެއްލުވާލި ބަޔަކާ ގުޅުމުގެ ކުރިން ކޮންގްރެސް އެއްބާއްވާ މެމްބަރުން ދެކޭގޮތް ހޯއްދަވާނެ ކަމަށެވެ.

ހަމައެއާއެކު، އެމްޑީޕީގެ ޗެއަރއަކަށް ހުންނަ މީހަކަށް ޕާޓީގެ އާންމު މެމްބަރުންގެ ރޫޙާ ޚިލާފަށް ވެރިކަންކުރާ ޕާޓީގެ ބައވެރިންނާ އެމްޑީޕީ  އެއްގަލައް އެރުވުމުގެ އެއްވެސް ޙައިސިއްޔަތެއް ނުލިބޭނެކަމަށްވެސް މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުގައި ރައީސް ނަޝީދާއި، ޕާޓީގެ އިސް ލީޑާޝިޕް ހިމެނޭ ގޮތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެމެދު ސިޔާސީ ގޮތުން ހިޔާލުތަފާތުވުން އުފެދި ޕާޓީ ދެކަފިވެގެން ދިއުމަކީ ދެވަނަ ދައުރެއްގެ ވެރިކަން ގެއްލުނު އެންމެ ބޮޑު ސަބަބެވެ.

ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވައި، ރައީސް ސޯލިހާއި ދެކޮޅަށް ފާޅުގައި މަސައްކަތް ކުރައްވައި އެމަނިކުފާނަށް ވެރިކަން ނުދިނުމަށް ގޮވާލަމުން ގެންދެވި އެވެ. އަދި ރައީސް ނަޝީދާއި އެކު އެމަނިކުފާނާއި އަރިސް މެމްބަރުންތައް ވެސް އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ.

އެމްޑީޕީއަށް ދެވަނަ ދައުރެއް ނުލިބި، ވެރިކަން ގެއްލުނު ފަހުން ރައީސް ނަޝީދު ދިރިއުޅުއްވަމުން ގެންދަވަނީ ރާއްޖެއިން ބޭރުގަ އެވެ. އަދި ޑިމޮކްރެޓްސްގެ ސިޔާސީ މަސައްކަތްތައް ވެސް މަޑުޖެހި އޮންނަތާ އަހަރެއްވީ އެވެ. އޭގެ ފަހުން އެމްޑީޕީއާއި ދެކޮޅުވި ގިނަ މެމްބަރުން ވަނީ، އެނބުރި ޕާޓީއަށް ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އާއި ޑިމޮކްރެޓްސްގެ ރަނިން މޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރެއްވި ހުސެއިން އަމްރު ހިމެނެ އެވެ.

އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުމަށް މީގެ ކުރިން ވެސް އިޝާރާތެއް ކުރައްވާފައިވާ، ރައީސް ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުމަށް އެދޭކަމަށެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ ސިޔާސީ މަސްރަހަށް މިވަގުތު އެންމެ ރަނގަޅު ގޮތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: