ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އާރުޓީއެލް މުޅި ރާއްޖެއަށް ފުޅާ ކުރުން: ސައުދީ

މޯލްޑިސްވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔަޑް) އަހުމަދު ސައުދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މި އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެއަށް އާރްޓީއެލްގެ ޚިދުމަތްތައް ފުޅާކުރުމަށް އަމާޒު ހިފާފައިވާ ކަމަށެ .މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަޑް) އަޙްމަދު ސައުދީ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ސަރުކާރު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، އެމްޑީ ސައުދީ ފާހަގަކުރެއްވި ގޮތުގައި ޕަބްލިކް ޓްރާންސްޕޯޓަކީވެސް ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ ޚިދުމަތެކެވެ. އަދި 2022 އިން ފެށިގެން އާރްޓީއެލްގެ ޚިދުމަތް ފުޅާވަމުން އައިސްފައިވާއިރު، މި އަހަރު ނިމުމުގެ ކުރިން އެ ޚިދުމަތް ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށް އެމްޑީ ސައުދީ ހާމަކުރެއްވިއެވެ. މިހާރު ކުންފުނިން ތައްޔާރުވަމުންދަނީ މި ލަނޑުދަނޑި ޙާޞިލުކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީ ސައުދީ އިތުރަށް ވިދާޅުވި ގޮތުގައި، އެންމެ އަވަހަށް ނ. އަތޮޅު، ރ. އަތޮޅު އަދި ބ. އަތޮޅަށް އާރްޓީއެލްގެ ޚިދުމަތް ފުޅާކުރުމަށް ވަނީ އަމާޒު ހިފާފައެވެ. މިއީ ރައީސް ޑރ. މުޢިއްޒު އެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި، މި އަހަރުގެ ޖޫން އަދި ޖުލައި މަހުގެ ތެރޭގައި އެ ތިން އަތޮޅަށް މި ޚިދުމަތް ފުޅާކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައިވާތީއެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އާރްޓީއެލްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި ދަނީ މަސައްކަތްކުރަމުންނެވެ.

”އަސްލު ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައި، ބޭނުން ހިފައި މި ހިދުމަތެއް މި ހިދުމަތަކީ. ދެން ހަމަ ކިރިޔާ ޓެކްނިކަލް މައްސަލައެއް ދިމާވެގެންވެސް ނުވަތަ މޫސުމީ މައްސަލައެއް ދިމާވެގެން ވެސް އެއިންނަ ޝެޑިއިލުން އެއްޗެއް ކެންސަލް ވިޔަސްވެސް ބައެއް ފަރާތްތަކުން ހިންހަމަ ޖެހިގެންނާއި އަދި ހިންހަމަ ނުޖެހިގެންނާއި އެކަހަލަ ގޮތްގޮތަށް އަޅުގނޑުމެންނާއި ހަމައަށް އެކަހަލަ މެސެޖުތައް އެބަ ޕާސް ކުރައްވާ. އަދި ހަމަ އެއާއި އެކު މީގެ އަގުވެސް އެބަ މެޓާ ކުރޭ.“

ސައުދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުންފުނީގެ އެންމެހައި ވަސީލަތްތަކަކީ ޓެކްނިކަލް ބާވަތުގެ ތަކެތި ކަމަށްވުމާއެކު، އަދި މިހާރުގެ ސެޓަޕް ހުރި ގޮތުން، ރާއްޖޭގެ އުތުރާއި ދެކުނުގައި ދުއްވާ ލޯންޗުތަކަށް ބޮޑެތި މަރާމާތުތައް ކުރަން ޖެހިއްޖެ ހާލަތެއްގައި، އެ އުޅަނދުތައް ގެންނަން ޖެހެނީ ތިލަފުށްޓަށެވެ.

މީގެ ސަބަބުން، މަރާމާތުގެ މަސައްކަތްތަކުގެ ތެރޭގައި، ދަތުރުކުރުމަށް ޝެޑިއުލްކޮށްފައިވާ އުޅަނދުތައް ބްލޮކްވެގެންދާ ކަމަށް ސައުދީ ވިދާޅުވިއެވެ. މި މައްސަލައަށް ދުރު މުސްތަޤުބަލުގައި ހައްލެއް ހޯދުމުގެ ގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަރާމާތުގެ މަސައްކަތްތައް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ރޭވިފައިވާ ކަމަށް ސައުދީ މަޢުލޫމާތު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: