ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޒްމިރަލްދާގެ ދިފާއުގައި 28 ހެއްކެއް ޖޭއެސްސީއަށް ހުށައަޅައިފި

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން އިސްމާއިލް ލަތީފްގެ ބަންދު އަމުރަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލާގައި ފަނޑިޔާރަށް ކުރާ ތުހުމަތުން ދިފާއުވުމަށް 28 ހެއްކެއް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށައަޅުއްވައިއެވެ.

އަޒްމިރަލްދާގެ ގާނޫނީ ވަކީލު މީޑިއާތަކަށް ފޮނުވި ނޫސް ބަޔާނުގައި ވާ ގޮތުން އަޒްމިރަލްދާގެ ފަރާތުން ހުށައެޅުއްވީ 17 ކިތާބީ ހެއްކާއި، 11 ޝަފައީ (ހެކިވެރިންގެ ގޮތުގައި) ހެއްކާއި 11 ހެކޮވެރިންގެ ހެކިބަސް ޖޭއެސްސީން ނެގުމަށެވެ. އެ ނޫސްބަޔާނުގައި މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައިވެއެވެ.

ފަނޑިޔާރު އަޒްމިރަލްދާ ފޮނުވި ޖަވާބުގައި އިތުރަށް ފާހަގަކުރައްވާފައި ކަންކަމުގައި މައްސަލަ ބެލުމަށް ކޮމިޝަނުން ނިންމީ ކޮމިޝަނުގެ އިސްނެގުމަށް މައްސަލަތައް ބެލުމަށް އޮންނަ އިޖުރާއަތާ ހިލާފަށް ކަމަށް ނޫސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ކޮމިޝަނުގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ގާނޫނުއަސާސީއާއި ހިލާފަށް ކަމަށާއި ޖަވާބުދާރީ ވުމަށާއި ދިފާއުވުމަށް ކޮމިޝަނުން ހުރަސްއަޅާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެއިތުރަށް ތަހުގީގު ކޮމިޓީގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ނުބޭއްވުމަށް ނިންމީ ގާނޫނީ ހަމައެއް ނެތި ކަމަށާއި ތަހުގީގު ނިންމުމަށްފަހު ފޮނުބި ފުރަތަމަ ރިޕޯޓްގައި ހަގީގަތާއި ހިލާފު ވާހަކަތަކެއް ހިމަނާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ތަހުގީގުގެ ފައިނަލް ރިޕޯޓް ތައްޔާރުކުރާނީ ފަނޑިޔާރު ފޮނުއްވާ ޖަވާބަށްފަހު ކޮމިޝަނުން ބާއްވަން ފެންނަ އަޑުއެހުންތަކަށް ފަހުގައެއެވެ. އަދި ފަހު އެޑުއެހުމެއްގެ ގޮތުގައި އެއް އަޑުއެހުން ބޭއްވުން ލާޒިމެވެ.

އަޒްމިރަލްދާ އާއި މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ ބަލަމުންނެވެ. އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް ހުށަހަޅުއްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: