ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިވަރޕޫލް ޕާޓްނަރޝިޕާއިއެކު ރާއްޖޭގެ ލަގްޒަރީ މާކެޓަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ: ޠާރިޤް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ލިވަރޕޫލް އެފްސިއާިއެކު ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތާއެކު ރާއްޖޭގެ ލަގްޒަރީ މާކެޓަށް އަންނަ ފަތުރުވެރިންގެ އަދަދު ގިނަ ވާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާި ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށްދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތުހާރު ކުރުމަށް ލިވަރޕޫލް އެފްސީއާއިއެކު ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތާއިއެކު 200 މިލިއަނަށް ވުރެ ގިން ލިވަރޕޫލްގެ ސަޕޯޓަރުންގެ މެދުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަގު ފަހިވެގެން ދާނެ ކަމަށެވެ. ވަޒީރު ވިދާޅުވީ ރައީސް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށެވެ.

ޠާރިޤް ވިދާޅުވީ އެ ކުލަބުގެ އިސްވެރިންނާއި އަދި ކުރީގެ މަޝްހޫރު ކުޅުންތެރިންނާއި ރައީސް ބައްދަލުކުރެއްވި ކަމަށެވެ. ކުޅިވަރުގެ ދާއިރާ ބޭނުންކޮށްގެންރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

”ލިވަރޕޫލްގެ ރެޑްވޭ އިނިޝިއޭޓިވްގެ ދަށުން ރާއްޖެ އަންނަ ފަތުރުވެރިންނާއި އެ ކުލަބުގެ ލެޖެންޑްސް ބައިވެރިވެގެން ރާއްޖެ އައިސް ތިމާވެށްޓާއި އިޖުތިމާއީ ކަންކަމާ ގުޅުންހުރި ހަރަކާތްތަކެއް ކުރިއަށްގެންދާނެ. ފުޓުބޯޅަ ކުލަބަކާއެކު އެއްބަސްވެއްޖެއްޔާ ރާއްޖެއަށް ގިނަ ފަތުރުވެރިން ގެނެވޭނެ. ރައީސް ނިންމެވީ މިކަން ފަހިކުރުމަށް. ހާއްސަކޮށް މިއީ ލަގްޒަރީ މާކެޓަށް އަންނަ ފަތުރުވެރިން އިތުރުވާނެ ކަމެއް.“

ލިވަރޕޫލް އާއިއެކު ކުރަން ހަމަޖެހިފައިވާ ބައެއް ކަންކަން ހާމަކުރައްވާ ޠާރިޤް ވިދާޅުވީ ޓެކްސީތަކާއި ބަސްތައް މެދުވެރިކޮށް ލަންޑަންގައި ރާއްޖެ އިޝަތިހާރު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އަދި ލިވަރޕޫލްގެ ދަނޑުގައި ބިލުބޯޑުތައް ބޭނުންކޮށްގެން އިޝްތިހާރު ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: