ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓްރީ އޮފް ފިޝަރީޒްގެ ޑެޕިއުޓީ މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ނައިބު މިނިސްޓަރުގެ މަގާމު ފުރުއްވަމުން ގެންދެވި އަހުމަދު ޝާފިއު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އަހުމަދު ޝާފިއު އޭނާގެ އޮފިޝަލް އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވާފައިވެއެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

އަހުމަދު ޝާފިއު މި މަގާމަށް އައްޔަންކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 26 ވަނަ ދުވަހުއެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ ގއ. ގެމަނަފުށީ ސްކޫލުގެ ޓީޗަރެއްގެ ގޮތުގައެވެ. އެ ދާއިރާގައި އޭނާ ވަނީ 5 އަހަރުގެ ތަޖުރިބާ ހޯއްދަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: