ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅި މަސައްކަތް ކުރުމުގެ ވިސްނުމަށް އިންތި ވެސް ތާއީދު!

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ބަހުސްގައި، އިންތި އާއި ފައްޔާޒް/ ފޮޓޯ: ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިޔާސީ މަސްރަހަށް މިވަގުތަށް އެންމެ ރަނގަޅީ އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި ޑިމޮކްރެޓްސް އެކުގައި ގުޅިގެން މަސައްކަތް ކުރުންކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ (އިންތި) ތާއީދު ކުރައްވައިފި އެވެ.

އީ އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި ޑިމޮކްރެޓްސް އެކުގައި ގުޅިގެން ސިޔާސީ މަސައްކަތަށް ނިކުންނަން ޖެހޭ ވަގުތުކަމަށް ރައީސް ނަޝީދު ވިދާޅުވީ އިއްޔެގެ ވަގުތެއްގަ އެވެ. އެމަނިކުފާނުގެ ވިސްނުމަށް މަރުހަބާ ވިދާޅުވެ، އިންތި ވަނީ އެ ހުށަހެޅުމަށް ތާއީދު ކުރައްވާފަ އެވެ.

ރައީސް ނަޝީދަކީ އެމްޑީޕީގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ، ޕާޓީގެ ޓިކެޓުގައި އެންމެ ފުރަތަމަ ވެރިކަން ވެސް ކުރެއްވި ބޭފުޅާ އެވެ. އެހެން ނަމަވެސް އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ޕާޓީ އެމަނިކުފާނު ދޫކުރެއްވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އުފެދުނު ހިޔާލުތަފާތުވުންތަކާއި އެކު އެ އަހަރު އިންތިހާބުގައި ވާދަކުރުމަށް ޖާގަ ނުލިބުމުންނެވެ.  އެއާއި އެކު އެމްޑީޕީގެ ސަރުކާރުގައި ރައީސް ނަޝީދާއި، ޕާޓީގެ އިސް ލީޑާޝިޕް ހިމެނޭ ގޮތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެމެދު ސިޔާސީ ގޮތުން ހިޔާލުތަފާތުވުން އުފެދި ޕާޓީ ދެކަފިވެގެން ދިއުމަކީ ދެވަނަ ދައުރެއްގެ ވެރިކަން ގެއްލުނު އެންމެ ބޮޑު ސަބަބެވެ.

ރައީސް ނަޝީދާއި ޕާޓީގެ ލީޑާޝިޕް އަދި ރައީސް ސޯލިހު ދެމެދު ހިޔާލުތަފާތުވުން ވެރިކަމުގެ ވަރަށް ކުރީކޮޅު އުފެދުނެވެ. އަދި އެކަން މަޖިލީހުގެ ތަޅުމުންނާއި ބިލުތަކަށް ބަހުސް ކުރުމުގައި ފާހަގަކުރެވިގެން ދިޔައެވެ. އެކަމަކު ވެސް ނޫސްވެރިން އެކަމާއި ގުޅޭގޮތުން ކުރާ ސުވާލުތައް ދެ ބޭފުޅުންގެ ފަރާތުން ވެސް އައީ ދޮގު ކުރަމުނެވެ.

ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވައި، ރައީސް ސޯލިހާއި ދެކޮޅަށް ފާޅުގައި މަސައްކަތް ކުރައްވައި އެމަނިކުފާނަށް ވެރިކަން ނުދިނުމަށް ގޮވާލަމުން ގެންދެވި އެވެ. އަދި ރައީސް ނަޝީދާއި އެކު އެމަނިކުފާނާއި އަރިސް މެމްބަރުންތައް ވެސް އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ.

އެމްޑީޕީއަށް ދެވަނަ ދައުރެއް ނުލިބި، ވެރިކަން ގެއްލުނު ފަހުން ރައީސް ނަޝީދު ދިރިއުޅުއްވަމުން ގެންދަވަނީ ރާއްޖެއިން ބޭރުގަ އެވެ. އަދި ޑިމޮކްރެޓްސްގެ ސިޔާސީ މަސައްކަތްތައް ވެސް މަޑުޖެހި އޮންނަތާ އަހަރެއްވީ އެވެ. އޭގެ ފަހުން އެމްޑީޕީއާއި ދެކޮޅުވި ގިނަ މެމްބަރުން ވަނީ، އެނބުރި ޕާޓީއަށް ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އާއި ޑިމޮކްރެޓްސްގެ ރަނިން މޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރެއްވި ހުސެއިން އަމްރު ހިމެނެ އެވެ.

އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުމަށް މީގެ ކުރިން ވެސް އިޝާރާތެއް ކުރައްވާފައިވާ، ރައީސް ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުމަށް އެދޭކަމަށެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ ސިޔާސީ މަސްރަހަށް މިވަގުތު އެންމެ ރަނގަޅު ގޮތެވެ.

ރައީސް ނަޝީދުގެ އެ ވިސްނުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ތާއީދު ކުރައްވާފަ އެވެ.

މީގެ ކުރިން ވެސް އޮތް އެކި ބައްދަލުވުންތަކުގައި ފައްޔާޒް ވަނީ، ޕާޓީ ދޫކޮށް ވަޑައިގެންނެވި މެމްބަރުންނަށް މަރުހަބާ ކިޔާނެކަމަށް ވިދާޅުވެފަ އެވެ. އަދި ޑިމޮކްރެޓްސް މެމްބަރުން އަލުން އެމްޑީޕީއަށް އައުމުގައި އޭނާގެ އެއްވެސް މައްސަލައެއް ނެތްކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދާއި އަރިސް މެމްބަރުން އޭރު އެންމެ ބޮޑަށް ފާޑުކިޔާފައި ވަނީ ރައީސް ސޯލިހާއި ފައްޔާޒަށެވެ. އެބޭފުޅުން ވިދާޅުވި ގޮތުގައި ރައީސް ސޯލިހާއި ފައްޔާޒް ވަނީ އެމްޑީޕީގެ އަސްލު ސިފަ ގެއްލުވާލައި ކޮރަޕްޝަން އާންމުކަމަކަށް ހައްދަވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: