ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެކަފިވި ޕާޓީތަކާއި ދުރުނުކުރެވޭ ސިޔާސީ ރަހުމަތްތެރިން؛ ކުޅޭ ފިލްމަކޭ އެއްފަދަ!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަކީ ހަގީގަތުގައި ވަރަށް ބޮޑު ފިލްމެކެވެ. މި ފިލްމުގައި މައިގަނޑު ދައުރު އަދާކުރަނީ ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކުގެ ވެރިންނެވެ. މި ފިލްމުގެ ސްކްރިޕްޓަކީ ވެރިކަމުގެ ދަހިވެތިކަމާއި ބާރުގެ ވާދަވެރިކަމެވެ. އަދި މި ފިލްމުގެ ޑައިރެކްޓަރުންނަކީ އާންމު ރައްޔިތުންނެވެ. ނަމަވެސް، މި ފިލްމުގެ ނަތީޖާ އަބަދުވެސް ނިމެނީ ރައްޔިތުންގެ އުންމީދުތައް ފުނޑުފުނޑުވެގެން ދިއުމުންނެވެ.

ސިޔާސީ ވާދަވެރިކަމުގައި ޕާޓީތައް ރޫޅި އެހެން ސިޔާސީ ޕާޓީތައް އުފައްދާ މިންވަރު މަދެއް ނޫނެވެ. ޕީއެންސީއަށް ބެލިނަމަވެސް އަދި މިހާރު އެމްޑީޕީއަށް ބެލިނަމަވެސް ފެންނަނީ ހަމައެއް މަންޒަރެކެވެ. މީގެން ކޮންމެ ޕާޓީއެއްގެ ތާރީހުގައިވެސް އޮތީ އެތައް ސިޔާސީ ކޯޅުންގަނޑެކެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ޕާޓީތައް ރޫޅައި، ތިމާ ބޭނުންވާ ގޮތަށް ޕާޓީތައްވެސް ހިންގުމަކީ މިހާރު އާއްމުކަމެކެވެ.

ސިޔާސީ ހިޔާލުތަފާތުވުން ތަކުގެ ތެރޭގައި ރޫޅުނު އެމްޑީޕީއަކަސް އަދި ޑީއާރުޕީއަކަސް ޕީޕީއެމްއަކަސް ކަން ހިނގަނީ ހަމަ އެއްބީދައަކުންނެވެ. އެކުގައި ޕާޓީގައި މަސައްކަތް ކުރާއިރު ދުރުނުވެވޭހާ ވަރަށް ގާތުން މަސައްކަތް ކުރާ މަންޒަރުދައްކަައެވެ. އެހެންނަމަވެސް ވެރިކަމަށް ދަހިވެތިަހިވެތިވާ ދުވަހުން ދެނީ ކުރުދޮށިންނެވެ. ދެން ދުވަހަކުވެސް އެމީހެއްގެ ބޭނުން ނުޖެހޭނެ ކަމަށް ހީކޮށް އެމީހަކު ނުކުރާ ކަމަކަށް ދަންދެއް ޕޯޑިއަމްތަކުގައި އެކަކު އަނެކަކު ފަލީހަތް ކުރަނީ ފިސާރި މަޖަލާއި ފޯރީގައެވެ.

ސިޔާސީ ވެރިންނަށް އުޅެ އެުޅެވެސް ދަސްނުވި އެއްޗަކީ އެމީހުން އެއްލަލާ ކުނިގަނޑު މާދަންވެސް ހޮވަންދާން ޖެހިދާނެ ކަމެވެ. އެއް ޓީމަކަށް ކުޅެފައި ވަކިންގޮސްވެސް ގޯލު ޖަހަނީ ހަމަ ބައިކޮޅަށެވެ. ސިޔާސީ ޕާޓީތަކަކީ ބަޔަކުމީހުން ފަލީހަތްކުރަން ހަދައިގެން އުޅޭ ގުރޫޕުތަކަކަށްވެއްޖެއެވެ. ހިތް ރުހެންޏާއި މުޅި ދައުލަތް ކާލިޔަސް ހެޔޮވެފައި ހިތް ނުރުހޭނަމަ އެއްކަމެއް ނުކުރިޔަސް ބޮޑެތި ތުހުމަތުތައް އެޅުވުމަކީ މި ސިޔާސީ ވެރިންގެ އާއްމުކަމެކެވެ.

މި ދެކަފިވި ޕާޓީތަކާއި މީގައިވާ ސިޔާސީ ރަހުމަތްތެރިކަން ނިމޭއިރު ރައްޔިތު މީހާގެ ހާލަތު އޮންނަނީ އަދި ވަރަށް ދަށުގައެވެ. ސިޔާސީ މީހުންގެ ކުޅިބައި ނިމޭނެ ދުވަހެއް ނާދެއެވެ. ޕާޓީތަކަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވާ ބަޔަކަށް ވާންޖެހެއެވެ. ގައުމުގައި ކަމެއް ގޯސްކޮށް ހިނގާކަމަށް ވާނަމަ އެކަމަށް ހައްގު ބަސްބުނާ ބަޔަކަށް ސިޔާސީ ޕާޓީތައް ވާންޖެހެއެވެ. އާއްމު ރައްޔިތުންގެ ފަޅީގައި އޮވެ ސަރުކާރުން ރައްޔިތުންގެ ހައްގުތަށް ކަށަވަރު ނުކޮށްދޭނަމަ އެކަމަށް ބަސް ބުނެ ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ގޮތެއް ހޯދަންޖެހެއެވެ.

އެހެންނަމަވެސް ހިތާމަޔާއެކު ދަންނަވަންޖެހެނީ މިއަދު ލޯ މައްޗަށް މި ފެންނަ ސިޔާސީ މަސްރަހުގައި އެވަރުގެ ހަރުދަނާ ޕާޓީއެއް ނެތް ކަމަށެވެ. މިއަދުވެސް މާދަންވެސް ސިޔާސީ ވެރިންނަށް މުހިންމީ ބޭކާރު ކޯޅުންތަކާއި ވެރިކަމުގެ ލައްޒަތެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމުގެ ބަދަލުގައި، އަމިއްލަ މަސްލަހަތު ކުރިއެރުވުމަށް މަސައްކަތްކުރާ ތަން ފެންނަނީ ހިތާމަވެރި ގޮތެއްގައެވެ.

މި ހާލަތުން އަރައިގަތުމަށްޓަކައި، ރައްޔިތުން އަމިއްލައަށް ހޭލުންތެރިވެ، ސިޔާސީ ވެރިންގެ އަމަލުތަކަށް ޒިންމާދާރުކުރުވަން ޖެހެއެވެ. އަދި ހަމައެހެންމެ، ސިޔާސީ ޕާޓީތަކުގެ ތެރެއިން ހަގީގަތުގައި ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކުރާ، އިހްލާސްތެރި ލީޑަރުން އުފެދެން ޖެހެއެވެ. މިފަދަ ބަދަލުތަކެއް ނައިސްފިނަމަ، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ދެމިގެންދާނީ މިހާރު މިދައްކާ ފިލްމުގެ ގޮތުގައެވެ. އަދި އޭގެ ނޭދެވޭ އަސަރު ކުރާނީ އާންމު ރައްޔިތުންނަށެވެ.

އަޅުގަނޑުގެ ހިޔާލުގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަކީ ހަގީގަތުގައި ވަރަށް ބޮޑު ފިލްމެކެވެ. ނަމަވެސް މި ފިލްމުގެ ސްކްރިޕްޓް ބަދަލުކޮށް، އޭގެ ޑައިރެކްޝަން ރަނގަޅު މަގަކަށް ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. އެހެންކަމުން، ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި ތެދުވެ، ހަގީގީ ބަދަލެއް ގެނައުމަށް މަސައްކަތްކުރަން ޖެހިފައިވާ ވަގުތު މިއީއެވެ. އޭރުން މި ކުޅޭ ފިލްމު ނިމޭއިރު، އޭގެ ނަތީޖާ ވާނީ ރައްޔިތުންނަށް ފައިދާހުރި، ގައުމަށް ކުރިއެރުން ލިބޭ ގޮތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: