ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން ލޯނުތައް ނެގީ ބޮޑު އިންޓަރެސްޓްގައި އަންނަން އޮތް ސަރުކާރަށް ޖެއްސުން ކުރަން: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ސަރުކާރުގައި ލޯނުތައް ނެގީ ބޮޑު އިންޓަރެސްޓްގައި، އަންނަން އޮތް ސަރުކާރަށް ޖެއްސުން ކުރަންކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ގާނޫނު އަސާސީއާއި ކަމާ ގުޅޭ ގާނޫނުތަކާއި އަދި 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓާއި ހިލާފަށް ސަރުކާރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރަމުން ގެންދާ ކަންކަމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ އަހުމަދު ޝަމްހީދު މަޖިލީހަށް ގަރާރެއް ހުށައެޅުއްވިއެވެ.

މި ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ޑރ ޝަމްހީދު ހުށަހެޅުއްވި ގަރާރަކީ ވަރަށް ތާކުން ތާކު ނުޖެހޭ ގަރާރެއްކަމަށެވެ. މިފަދަ ގަރާރުތައް މަޖިލީހަށް ހުށައަޅަނީ މި ސަރުކާރުން ފައިސާ ޗާޕު ނުކޮށް އެމްޑީޕީ ސަރުކާރުން ނަގާފައި އޮތް 25 މިލިއަން ޑޮލަރުގެ ލޯނެއް ދައްކާތީކަމަށް ޝުޖާއު ވިދާޅުވިއެވެ. މިދިޔަ ސަރުކާރާއި ހިލާފަށް މި ސަރުކާރުން ލޯނު ދެއްކުމަށް ނަގާ ލޯނު ދެއްކުމަށް ލޯނު ނުނަގާކަމަށްވެސް ވިދާޅުވިއެވެ.

ގަރާރުގައި ބުނެފައި ވަނީ މަރުކަޒީ ބޭންކުން ފައިސާ ނެގުމުގެ ބޭނުމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިލްކިއްޔާތުގައިވާ ބިމެއް ދައުލަތުގެ މަރުކަޒީ ބޭންކަށް ގަތުމުގެ މުއާމަލާތެއް ހިންގުމަށް ފަހު އެ ފައިސާ އެޗްޑީސީ މެދުވެރިކޮށް ސަރުކާރަށް ދިނުމަށްޓަކައި ހުޅުމާލެއިން ބިން ގައުމަށް އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޮޑުން ނިންމާފައިވާކަމުގެ މައުލޫމާތު ލިބޭކަމަށެވެ. އަދި މަރުކަޒީ ބޭންކުގެ އޮފީސް ހިންގުމަށް ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ އިތުރަށް އިމާރާތްތަކާއި ބިންތައް ހޯދަންޖެހޭނެ އެއްވެސް މަގުބޫލު ސަބަބެއް ނޯންނާނެކަން ކަށަވަރުވާ ސަބަބަށްޓަކައި މިކަމުގައި ފޮރުވިފައިވާ ކޮންމެވެސް ކަންތައްތަކެއް އޮތްކަމަށް ބެލުމުގެ ފުރުސަތު ނުހަނު ބޮޑުކަމަށް ވެސް ގަރާރުގައިވެއެވެ.

ޝުޖާއު ވިދާޅުވީ މިއީ ޔޯލަ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށައަޅާފައިވާ ގަރާރެއްކަމަށެވެ.

މި ގަރާރު ހުށައަޅުއްވަން އޮތީ އެހެން އިއްޒަތްތެރި މެންބަރެއް، ދެން އެހެން ނަމަވެސް މިދިޔަ ހަފްތާގައި ޑރ ޝަމްހީދު ރިޔާސީ ރޭހަށް ނިކުންނަވާކަން އިއުލާންކުރެއްވުމާއި ގުޅިގެން އެމަނިކުފާނު މި ގަރާރު ހުށައަޅުއްވާ ގޮތަށް ނިމިގެން ދިޔައީ.

ޝުޖާއު ވިދާޅުވިއެވެ.

މިދިޔަ އެމްޑީޕީގެ ސަރުކާރުން 200 މިލިއަން ރުފިޔާ ޗާޕުކޮށް ބާޒާރަށް ނެރުންކަމަށާއި، ނަމަވެސް އޭގެ މާލީ ގެއްލުން ކުޑަކުރުމަށް އެމްޑީޕީ ސަރުކާރުން ކުރިކަމެއް ފާހަގަނުވާކަމަށެވެ.

ޝުޖާއު ވިދާޅުވީ އެމްޑީޕީއިން ވަނީ ދައުލަތުގެ މާލީ ނިޒާމު ގަނޑުބަޑުކޮށްފައިކަމަށެވެ. ކޮވިޑަކީވެސް ލިބުނު ނަސީބެއްކަމަށް އެމްޑީޕީއިން ސިފަކުރާކަމަށް ފާޙަގަކޮށް ޝުޖާއު ވިދާޅުވީ، އޭރު ފައިސާ ޗާޕުކުރީ ރޭވުންތެރިކަމާއިއެކުކަމަށް އެމްޑީޕީއިން ބުނި ނަމަވެސް އެއްވެސް ކަހަލަ ފަރުވާލެއް ނެތްކަމަށެވެ. 2023 ވަނަ އަހަރު އޮތީ ކޮވިޑްގެ ހާލަތު ނޫންކަމަށާއި ނަމަވެސް އޭރު އެމްޑީޕީއިން ޕްލޭންކުރީ ފައިސާ ޗާޕުކޮށްގެން ބަޖެޓު މެނޭޖުކުރަންކަމަށް އޭނާ ވިދާޅުވިއެވެ.

ލޯނު ނެގުމަކީ މައްސަލައެއް ނޫންކަމަށާއި ނަމަވެސް އޭރު އެމްޑީޕީއިން ލޯނު ނަގާފައި އޮތީ އަންނަ އޮތް ސަރުކާރަށް ޖެއްސުން ކުރާ އުސޫލުންކަމަށެވެ. ބޮޑެތި އިންޓަރެސްޓް ރޭޓުތަކުގައި ނެގި ލޯނުތަކުން އެމްޑީޕީއިން ކުރި މަސައްކަތެއްވެސް ފެންނަން ނެތްކަމަށް ޝުޖާއު ވިދާޅުވިއެވެ.

ނަމަވެސް އަމިއްލަ ފައިދާއަށް ކޮށްފައި ހުރި މަސައްކަތް ފެންނަކަމަށް ޝުޖާއު ވިދާޅުވިއެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައިވެސް އަމިއްލަ ފަރާތްތަކަށް ފައިސާ ދޫކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: