ރާއްޖޭގެ އެއްވެސް ހެލްތު ފެސިލިޓީއެއްގައި ކަންބޮޑުވާފަދަ ކަމެއް ހިންގާއިރަށް ސިސްޓަމަށް މިހާރު އެލާރމްވާނެ ކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާުވެއްޖެއެވެ.
ރައީސް އޮފީހުގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ ހެލްތު ސެކްތަރގައި ހިންގާ ހިތާމަވެރި ހާދިސާތަކާއި ގުޅިގެން މިނިސްޓްރީން އެކަމުގައި އަމަލުކުރައްވާ ގޮތުގެ ތަފްޞީލް ހިއްސާުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ ހެލްތު ނިޒާމެއްގެ އެންމެ ކަންބޮޑުވާނެ ކަމަކީ ހެލްތު ސެކްޓަރގެ ތެރެއިން ހިނގައިގެން ނުވާނެ ނުވަތަ އެކަމެއް ހިންގުމުގެ ސަބަބުން އެއައިލާއަކަށާއި އެ މުޖުތަމައަކަށް ހިތާމަވެރިކަން ދިމާވާނެ ކަންކަންކަމަށެވެ.
އެމަނިކުފާނުވެސް ދެކެނީ އެގޮތަށް ކަމަށާއި ހެލްތު ޕްރޮފެޝަނަލްވެސް ދެކެނީ އެގޮތަށް ކަމަށް ވިދާޅުވިއެވެ.
ކޮންމެ ހެލްތު ޕްރޮފެޝަނަލް އެއްގެ ހަޔާތަކީ ދުވަހަކީ ވަރަށް ގިނަ ކަންބޮޑުވުންތަކާ ކުރިމަތިލާންޖެހޭ ދުވަސްތައް.ބައެއް ފަހަރު ތިންވަނަ ވިކްޓިމް އަކަށް ނޫނީ ބަލީގެ މީހަކަށް ހެލްތު ޕްރޮފެޝަނަލްގައި މަސައްކަތް ކުރައްވާ ބައެއް މީހުން ދާންޖެހިފަވެސް އެބަހުރި ކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވ ހިތާމަވެރިކަންކަން ހެލްތު ސެކްޓަރގައި ހިންގުން އެއީ ދިވެހިރާއްޖޭގައި އެކަނި ހިންގާކަމެއް ނޫން ކަމަށެވެ.
“ތަހްގީގަކަށް ނުވަތަ އާއިލާއަކަށް ދޭންޖެހޭ މައުލޫމާތު މިހާރުވެސް ހެލްތު މިނިސްޓްރީން ދެމުން ގެންދާކަން އަޅުގަނޑު ވަރަށް ސާބިތު ކަމާއި އެކު، ވަރަށް ސާބިތު ކަމާއި އެކު ތިބޭފުޅުންނަށް ދަންނަވަން.ރާއްޖޭގެ އެއްވެސް ހެލްތު ފެސިލިޓީއެއްގައި ކަންބޮޑުވާފަދަ ކަމެއް ހިންގާއިރަށް އަޅުގަނޑުމެންގެ ސިސްޓަމަށް އިރާދަކުރެއްވިއްޔާ މިހާރު އެލާރމްވާނެ“
މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

