ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ ޖުލައި މަހުގެ ތެރޭގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުން: އަމީން

އެއާޕޯޓް ޓެކްސީ ކިޔު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ޓެކްސްސީ ލައިންގެ ހިދުމަތް މި އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފްތާފައި ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް އިއުލާނު ކުރުމުން، އެކަމަށް ޓެކްސީ ޑްރައިވަރުން ދެކޮޅު ހަދައި އިހުތިޖާޖު ކުރިނަމަވެސް އާންމު ރައްޔިތުން ވަނީ އެ ނިންމެވުމަށް މަރުހަބާ ކިޔާފަ އެވެ.

މާލޭގެ ސަރަހައްދުގައި ގިނަ އަދަދެއްގެ ޓެކްސީތައް ހިދުމަތް ދެމުން ގެންދިޔަ ނަމަވެސް، އެންމެ ބޮޑު މައްސަލައަކީ ޑިމާންޑާއި އެއްވަރަށް ހިދުމަތް ނުދެވުމެވެ. އަދި ޓެކްސީ ޑްރައިވަރުން ބައެއް ދަތުރުތަކުން ބޮޑެތި އަގުތައް ނެގުމަށް ޑިމާންޑު ކުރުމާއި މާލެ ތެރޭގެ ދަތުރުތައް ނެގުމަށް ދެކޮޅު ހެދުން ހިމެނެ އެވެ.

އާންމުކޮށް ޓެކްސީ ޑްރައިވަރުން ނަގަނީ، މާލެއިން ހުޅުމާލެއަށް، ނުވަތަ ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކެވެ. އަދި އެއާޕޯޓުން ވެސް އާންމު ގޮތެއްގައި މާލެއަށް ދަތުރުތައް ނުނަގާކަމުގެ ޝަކުވާ ބޮޑެވެ.

މި މައްސަލަ ހައްލު ކުރުމަށް ކުރީ ސަރުކާރުން ވެސް މަސައްކަތްކޮށް، އެދެވޭ ހައްލެއް އޮތީ ނުލިބިފަ އެވެ.

ސަރުކާރުގެ ނިންމުމާއި އެއްގޮތަށް ޓެކްސީ ހިދުމަތް ދިނުން ފެށޭނެ ތާރީހަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ އެ މަސައްކަތް ހަވާލު ކުރެވިފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ކަމަށެވެ. އަދި އެމްޓީސީސީ ވެސް ހިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާކަން ފާހަގަކުރައްވައި ވިދާޅުވީ، ހިދުމަތް ދެމުން ދާނީ އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީ ދަތުރުތަކަށް އެދެވޭ ގޮތަށް ކަމަށެވެ.

މީގެ ބޭނުމަކީ ސްޓޭންޑަޑް ކަނޑައެޅުން… ސްޓޭންޑަޑް ކަނޑައަޅާފައި ޓެކްސީ ލައިންތައް ޑިސިޕްލިންވެ ޕަބްލިކް އެކްސްޕެކްޓޭޝަންއާއި އެއްވަރަށް ހިދުމަތް ދެވޭ ކަމަށްވާނަމަ ހަމަ މާދަމާ ވެސް ސަރުކާރަށް ޓެކްސީ ލައިން ހުއްޓާލެވޭނެ ނޫންތޯ…

އަމީން ވިދާޅުވި ގޮތުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް 24 ގަޑިއިރު ދޭނެއެވެ.

މިހާރު އެމްޓިސީސީން ކުރަމުން ގެންދާ ބައެއް މަސައްކަތްތައް ފާހަގަކުރައްވައި އަމީން ވިދާޅުވީ، ދަތުރުތައް ކުރުމަށް ބޭނުންވާނެ ސައިޒުގެ ޓެކްސީތައް ހޯދުމަށް އިއުލާނުކޮށް އެ ކުންފުނިން ވަނީ ވަކި ބަޔަކަށް ސަޕްލައި ކުރުމަށް ހަވާލުކޮށްފަ އެވެ.

އަމީން ވިދަޅުވީ މާލޭގެ ސަރަހައްދުގައި 1،500 އެއްހާ ޓެކްސީ ރެޖިސްޓްރީކޮށްފައިވާކަމަށާއި އެހެން ނަމަވެސް އާންމުން ބޭނުންވާ ގޮތަށް ދަތުރުތައް ނުލިބޭކަމަށެވެ. އަދި ސަރުކާރުތަކުން ޓެކްސީ ހިދުމަތް ދިނުމަކީ އެހެން ގައުމުތަކުގައި ވެސް ކުރަމުން އަންނަކަމެއްކަން ފާހަގަކުރި އެވެ.

މި މަޝްރޫޢު ހިންގުމުގެ ތާވަލަށް ބަލާއިރު ތިން ފިޔަވައްސަކަށް ބަހާލާފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މި އަހަރު މާލެ ހުޅުމާލެ އަދި ވީއައިއޭ ސަރަހައްދުގައި ހިދުމަތް ދޭނެއިރު ދެވަނަ ފިޔަވަހީގެ ދަށުން ވިލިމާލެ ތިލަފުށި އަދި ގުޅީފަޅުގައި 2026 އަދި 2027 ވަނަ އަހަރުގައި ހިދުމަތް ފެށުމަށް ކަނޑައެޅިފައިވެއެވެ. ތިންވަނަ ފިޔަވަހީގައި ރަސްމާލެ އަދި ގިރާވަރުގައި ހިދުމަތް ފެށިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: