ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯރާޑީއަކުން ހަމަލާދިންކަމުގެ ތުހުމަތު ކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ

ހުޅުމާލޭގައި ކޯރާޑީއަކުން ހަމަލާދީ މާރާމާރީ ހިންގިކަމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯރާޑީއަކުން ހަމަލާދީ މާރާމާރީ ހިންގިކަމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލައިގެ މައުލޫމާތު ދެމުން ފުލުހުން ބުނީ، ހުޅުމާލޭގައި ހިނގި އެ ހާދިސާގައި ބައިވެރިވިކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައި ވަނީ ދެ މީހުން ކަމަށެވެ.

އެއީ ގދ. ފިޔޯރީ / ހީނާމާގެ، އުމުރުން 26 އަހަރުގެ ރުސްތުމް އިބްރާހީމް އާއި ބ. ގޮއިދޫ / ފިނިފެންމާގެ، އުމުރުން 19 އަހަރުގެ ސައިފްﷲ ފައިސަލް އެވެ.

މިއީ މިދިޔަ ފެބްރުއަރީ ވަނަ ދުވަހުގެ ރޭ 23:35 ހާއިރު ހުޅުމާލޭގެ ބޯގަންވިލާ މަގު، ރެހެންދި ޓަރފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ތިބި ދެމީހަކު ސައިކަލެއްގައި އައިސް ކޯރާޑިއަކުން ހަމަލާ ދިން މައްސަލަ އެވެ.

މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް ހަމަ އެރޭގެ ވަގުތެއްގައިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހައްޔަރުގައި ތިބި ދެ މީހުން ވެސް މިވަގުތު ތިބީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. އަދި މައްސަލަ ޕްރޮސެކިއުޓަރ ޖެެނެރަލްގެ އޮފީހުން ވަނީ ދައުވާ ކުރުމަށްޓަކައި ބަލައިގެންފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: