ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ ތެރޭގައި ޔޫރަޕާއި އެފްރިކާއަށް މޯލްޑިވިއަންގެ ޑައިރެކްޓް ފްލައިޓްތައް ފެށުމަށް އުންމީދު ކުރެވޭ: އަމީން

ޓްރާންސްޕޯޓު މިނިސްޓަރު އަމީން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އޮކްޓޫބަރު މަސް ނިމިގެންދާއިރު ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަން އިން ޔޫރަޕާއި އެފްރިކާއަށް ޑައިރެކްޓް ފްލައިޓްތައް އޮޕަރޭޓްކުރުމަށް އުންމީދުކުރައްވާކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީން ވަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ދެވެނަ ވައިޑް ބޮޑީ އުޅަނދެއް ހޯއްދަވައިގެން ޔޫރަޕަށް ދަތުރުތައް ފެއްޓެވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން މީގެ ކުރިން ހާމަކުރައްވާފައި ވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖެއަށް އަންނަ ހައި އެންޑް ފަތުރުވެރިން އަންނަ އުސޫލުތަކަށް ބަލާއިރު ޔޫރަޕުގެ ސިޓީތަކުން ޓްރާންސިޓުވެގެން އަންނަކަމަށެވެ. އަމީން ވިދާޅުވީ، ރާއްޖެއަށް އާންމުކޮށް ފަތުރުވެރިންނަށް އާދެވެނީ މެދުއިރުމަތީގެ ގައުމެއްގައި ޓްރާންސިޓް ކުރުމަށް ފަހުގައި ކަމަށެވެ. އޭގެ ތެރޭގައި ދުބާއީ އާއި ގަދަތު އަދި ތުރުކީ ފަދަ ގައުމުތައް ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

އެހެންކަމުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ޔޫރަޕުގެ ބައެއް ސަރަހައްދުތަކުން ޑައިރެކްޓުކޮށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސިއްޖެ ހާލަތެއްގައި ފައިދާވެގެންދާނެކަމަށް އިޝާރާތްކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، އެއީ ކުރެވެން ޖެހޭ ކަމެއް ކަމަށާއި އެ ސަރަހައްދުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބަލާއިރުވެސް ޑައިރެކްޓް ފްލައިޓެއް ހަމަޖެއްސުމަކީ ނުކުރެވޭނެ ކަމެއް ނޫންކަމަށެވެ.

މީގެއިތުރުން ނިސްޓަރ ވިދާޅުވީ، މި އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން ގައުމީ އެއަރލައިންއިން މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު އޮކްޓޫބަރު މަހާއި ހިސާބުން ބޯޓު ހޯދުމަށްޓަކައި ކުރަންޖެހޭ މުއާމަލާތްތަކުގެ މަސައްކަތްތަކާއި އިވެލުއޭޝަން މަސައްކަތްތައް ނިމި ޔޫރަޕާއި އެފްރިކާގެ ސިޓީއަކަށް މޯލްޑިވިއަންއިން ފްލައިޓް އޮޕަރޭޝަންތައް ފެށިގެންދިއުމަށް އުންމީދުކުރެއްވޭކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: