ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ފަރިއްކުޅުއްވަން މުލިއާގޭގެ ބަޖެޓުން ރުފިޔާ ހޭދަކުރިކަމަށް ބުނެ ފަތުރަނީ ދޮގު ޙަބަރެއް: އިޤްބާލް

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގެ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރިއްކުޅުއްވުމަށް މުލިއާގޭގެ ބަޖެޓުން 9000 ރުފިޔާ ހޭދަކުރި ކަމަށް ބުނެ ފެތުރެމުންދާ ޚަބަރަކީ ”ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު ޚަބަރެއް“ ކަމަށް މިނިސްޓަރ އެޓް ދަ ޕްރެސިޑެންޝަލް ޕެލަސް އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްބާލް ވިދާޅުވީ، މި މަހުގެ 11 ވަނަ ދުވަހު އޮންލައިން ނޫހަކުން ޝާއިޢުކޮށްފައިވާ މި ޚަބަރަކީ ޙަޤީޤަތާ ޚިލާފު ޚަބަރެއް ކަމަށާއި، މިފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

އޮންލައިން ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ފަރިއްކުޅުއްވުމަށް ގެރި މަހާއި ޑިނގާގެ އިތުރުން ކަންބަޅި ބަކަރީގެ މަސް ގަތުމަށް 8565.10 ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި، ޖީއެސްޓީއާއެކު ޖުމްލަ 9849.87 ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އަދި މި ފައިސާ ދައްކާފައިވަނީ ނަގުދު ފައިސާއިން ކަމަށާއި، ރަސީދު ހަދާފައިވަނީ މުލިއާގެ/އާރަށުގެ ނަމުގައި ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

މީގެއިތުރުން، އެ ޚަބަރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޚަރަދުތައް ބޮޑުވެ، ދަރަނި ނުދެއްކޭފަދަ ހާލަތަކަށް ރާއްޖެ ވެއްޓެމުންދާތީ، ޚަރަދު ކުޑަކޮށް ޤައުމު ހިންގުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ދިވެހި ސަރުކާރަށް އަންގާފައިވާ ދަނޑިވަޅެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އެއް ދުވަހުގެ ކެއުމަށް އެކަނި 9,000 ރުފިޔާ ހޭދަވާކަން ހާމަވެފައިވާ ކަމަށެވެ.

ނަމަވެސް މިނިސްޓަރ އިޤްބާލް އާދަމް މި ޚަބަރު ދޮގުކުރައްވައި، މިފަދަ ދޮގު މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް އާންމުންނަށް ގޮވާލައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: