ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިކޮނޮމިކް މިނިސްޓްރީއާއި ޓިކްޓޮކް ކުންފުނި ގުޅިގެން ކްރިއޭޓިވް އިކޮނޮމީ ކުރިއެރުވުމަށް މަސައްކަތް ފަށައިފި

ޓިކްޓޮކް ކުންފުންޏާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުން: ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ޓިކްޓޮކް އެޕްލިކޭޝަންގެ ވެރި ކުންފުންޏާއެކު މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގައި ޓިކްޓޮކް އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް މާލީ މަންފާ ލިބޭނެ މަގުތައް ތަނަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޓިކްޓޮކް އެޕްލިކޭޝަންގެ ވެރި ކުންފުނީގެ އިސް ވަފުދެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅެއްކަމަށްވާ ރާއްޖޭގައި ތަރައްޤީވެފައިވާ ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން މި ބައްދަލުވުން ބޭއްވިފައިވާކަން މިނިސްޓްރީން ފާހަގަކުރައްވާފައިވެއެވެ.

ޑިޖިޓަލް އިކޮނޮމީ ކުރިއެރުވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ބައިނަލްއަޤްވާމީ ފެންވަރުގައި މަޤްބޫލު ޑިޖިޓަލް ޕޭމަންޓް ޚިދުމަތްދޭ ކުންފުންޏެއް ކަމަށްވާ ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރުމަށް މަޝްވަރާ ބައްދަލުވުންތައް ބޭއްވުން ހިމެނެއެވެ.

މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށާއި ޑިޖިޓަލް ކްރިއޭޓިވް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. އަދި މިފަދا މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ އިތުރަށް ފުޅާވެ، ކުރިއަރައިގެން ދާނެކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: