ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކުރި އިރު، މިވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ތަނަށް ވަނީ އިންގިލާބީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ތަނުގެ މެގަ ޕްރޮޖެކްޓުތަކުން ފެށިގެން ގޮސް، ޕެސެންޖަރ އާއި ގުޅޭ ގިނަ ގުނަ ހިދުމަތްތައް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ބަޔަކީ، ޕެސެންޖަރ ސާވިސްކަމަށްވާއިރު މިއީ ކޮންމެ ދަތުރުވެރިއެއްގެ ވެސް، އެއާޕޯޓުން ވަދެގެން ފްލައިޓު ލޭންޑު ކުރުމާއި ހަމައަށް ދޭ ހިދުމަތުގެ ބައެކެވެ.
ޕެސެންޖަރ ސަރވިސްއަކީ ވައިގެ ބަނދަރެއްގައި ދަތުރުވެރިންނަށް އެމީހުންގެ ދަތުރުގެ ތަޖުރިބާ އޮމާންކޮށް އަދި ފަސޭހަކޮށްދިނުމަށްޓަކައި ދެވޭ އެންމެހައި ޚިދުމަތްތަކެވެ. މީގެ ތެރޭގައި ޗެކްއިން ކުރުމުން ފެށިގެން ފްލައިޓަށް އެރުމާ ހަމައަށް އަދި އޭގެ ފަހުންވެސް ދެވޭ ޚިދުމަތްތައް ހިމެނެއެވެ. އެހެންކަމުން، އެ ހިދުމަތަށް ވޭތުވެ ދިޔަ އަހަރުތަކުގައި އައި ކުރިއެރުންތައް ބަލާލުމަކީ މުހިންމު ކަމަކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޕެސެންޖަރ ސާވިސަސްގެ ލޯޑް ކޮންޓްރޯލް ހިންގުމާއި ހަވާލުވެ ހުންނެވި އަޙްމަދު އާދަމް އާންމު ނަމުން ނަމަ ”ކުޑަމް“ ސަންގުއާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ، އެއަޕޯޓުގެ ޕެސެންޖަރ ސާވިސަސްއަކީ އެއާކްރާފްޓް އޮޕަރޭޝަންގެ އެންމެ މުހިންމު ބައިކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޮޕަރޭޝަންގެ 80 އިންސައްތައަކީ ޕެސެންޖަރ ސަވިސަސްއެވެ.

23 އަހަރުގެ ޙިދުމަތުގައި ކުޑަމް ވަނީ ޕެސެންޖާރ ސަރވިސަސްއާއި އަދި ރޭންޕްގައިވެސް މަސައްކަތް ކުރައްވާފައެވެ. ޕެސެންޖަރ ސާވިސަސްގެ މަސައްކަތްތަކުގެ ތެރޭގައި ޕެސެންޖަރުން ޗެކްއިން ކުރުމާއި، ބޯޑިންގ، އަދި އެރައިވަލް ހިމެނޭއިރު، އެމްއޭސީއެލްއިން މިހާރު 45 އެއަރލައިނަކަށް ޚިދުމަތް ދެމުންދާކަމަށް ކުޑަމް ވިދާޅުވިއެވެ. މި ދާއިރާގެ އެންމެ ޚާއްޞަ ކަމަކީ ކޮންމެ އެއަލައިނަކަށް ޚިދުމަތް ދިނުމަށް އެ އެއަރލައިނެއްގެ ޚާއްޞަ ތަމަމްރީނުތަކާއި ސެޓްފިކެޓްކެޓްތައް ބޭނުންވުމެވެ. ޚާއްޞަކޮށް ލޯޑް ކޮންޓްރޯލްގެ ވެއިޓް އެންޑް ބެލެންސް ޚިދުމަތް ދިނުމަށް ވަކި ލައިސަންސްތަކާއި ސެޓްފިކެޓްތައް ބޭނުންވާކަން ކުޑަމް ފާހަގަކުރެއްވިއެވެ.
ޕެސެންޖަރ ސާވިސަސްއިން ޕެސެންޖަރުން ޗެކްއިން ކުރުމުން ފެށިގެން، މަތިންދާބޯޓަށް އެރުވުމާއި، ބޭލުމާއި، ބެގޭޖް ޑެލިވަރީއާ ހަމައަށް ހުރިހާ ކަމެއް ބަލަހައްޓައެވެ. އަދި ދަބަހަށް ގެއްލުމެއް ލިބުނަސް، ނުވަތަ ގެއްލުނަސް، ޓީމުން އެކަމަށް ވަގުތުން އެޓެންޑުވެ، ލަގެޖް ބޭގެއް ހޯދައިދިނުމުގެ މަސައްކަތް ކުރާނެއެވެ.

ޑޮމެސްޓިކް އޮޕަރޭޝަންއާ ބެހޭގޮތުން ކުޑަމް ވިދާޅުވީ، މިހާރު މި ޚިދުމަތް ދެމުން ދަނީ ކުޑަ ޖާގައެއްގައި، ތޮއްޖެހިފައިވާ ގޮތަކަށް ކަމަށެވެ. ނަމަވެސް އާ ޓާމިނަލްއާއެކު، މިހާރުގެ ޓަރމިނަލްގެ ބައެއް ބޭނުންކޮށްގެން، ޑޮމެސްޓިކް ދަތުރުކުރާ ފަސިންޖަރުންނަށް އިތުރު ޚިދުމަތްތަކެއް ދެވޭނެ ކަމަށެވެ.
އަލަށް ހުޅުވޭ ޓާމިނަލްއާ އެކު، ޕެސެންޖަރުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް ފާޙަގަކޮށް ކުޑަމް ވިދާޅުވީ މީގެ ތެރޭގައި ސެލްފް ޗެކްއިން ކިއޮސްކްތަކާއި، ހޯމް ޕްރިންޓެޑް ބޯޑިންގ ޕާސްތަކުގެ ޚިދުމަތް، އަދި ކޮންޓެކްޓްލެސް ބޯޑިންގ ގޭޓްތައް ހިމެނެއެވެ. މީގެ އިތުރުން، ކުދި އެއަރ ކްރާފްޓްތަކަށް ބްރިޖްގެ ޚިދުމަތް ދެވޭނެއެވެ. އަދި އޭ 380 ފަދަ ބޮޑެތި މަތިންދާބޯޓުތަކަށް ވެސް ޚިދުމަތް ދެވޭނެއެވެ.

ކުޑަމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އިންޑަސްޓްރީއަކީ އަބަދުވެސް ބަދަލުވަމުންދާ، އައު ޓެކްނޮލޮޖީތައް ތަޢާރަފުވަމުންދާ ދާއިރާއެކެވެ. އެހެންކަމުން، ވީއައިއޭގެ ޓީމު މި ބަދަލުތަކަށް ތައްޔާރުވާން ޖެހެއެވެ.
ވީއައިއޭގެ އަމާޒަކީ ޚިދުމަތުގެ ފެންވަރު ދަމަހައްޓައި، އަދި އިތުރަށް ރަނގަޅުކޮށް، ރާއްޖޭގެ އެއަރޕޯޓަކީ ދުނިޔޭގެ އެންމެ ރަނގަޅު އެއަރޕޯޓުތަކުގެ ތެރޭގައި ހިމެނޭ ތަނަކަށް ހެދުން ކަމަށް ކުޑަމް ވިދާޅުވިއެވެ.
ކުޑަމް ހިއްސާކުރެއްވި ގޮތުގައި، 2002 ވަނަ އަހަރު ވީއައިއޭއަށް އޭނާ ގުޅުނުއިރު، ލޯޑް ކޮންޓްރޯލްގައި 10 މުވައްޒަފުން ތިބި އިރު، މުޅި އެއަރޕޯޓުގެ އެ ސެކްޝަނުގައި 200 މުވައްޒަފުން ތިއްބެވެ. އޭރު ޚިދުމަތް ދެމުން ދިޔައީ 3 ނުވަތަ 4 މަތިންދާބޯޓަށެވެ. ނަމަވެސް މިހާރު 10 ނުވަތަ 12 މަތިންދާބޯޓަށް ޚިދުމަތް ދެމުންދާ އިރު، މުޅި ޕެސެންޖަރ ސަވިސްގައި އެކަނިވެސް 400 ނުވަތަ 500 މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އައު ޓާމިނަލް ހުޅުވުމާއެކު، ޕެސެންޖަރުންނަށް އޮންލައިންކޮށް ޗެކްއިން ކުރެވި، ބެގޭޖް ދޫކޮށްލުމަށް ފަހު ސީދާ އިމިގްރޭގްރޭޝަން ޕްރޮސެސް ނިންމައި ގޭޓަށް ދެވޭނެކަމަށް ކުޑަމް ވިދާޅުވިއެވެ. މީގެ އިތުރުން، ކޮންޓެކްޓްލެސް ބޯޑިންގ ގޭޓްތަކާއި، އޭ-380 ފަދަ ބޮޑެތި މަތިންދާބޯޓުތަކަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން ލިބިގެންދިއުމަކީ ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ޚުލާޞާކޮށް ބަލާއިރު، އައު ޓާމިނަލް ހުޅުވުމާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޕެސެންޖަރ ސާވިސަސްއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްފެންވަރަށް ޚިދުމަތްތައް ފޯރުކޮށްދެވޭނެކަމަށް ކުޑަމް އުންމީދު ކުރައްވައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް އިޖާބީ އަސަރުތަކެއް ކުރާނެކަމަށް ބެލެވެއެވެ.
”މާނައަކީ އަޔާޓާއިން އައިކާއޯގައި ވަރަށް ބޮޑެތި ރިކުވަރމަންޓްތަކައް އަޅުގަނޑުމެން ޚިދުމަތް ކުރަމުން ދަނީ އޭގެ މާނައަކީ އަޅުގަނޑުމެންގެ ކޮންމެ އޭރިއާއަކީ ވަކި ސްޓޭންޑަޑްތަކެއް ހެދިގެން ވަކި މެނުއަލްތަކެއް ލިޔެގެން ވަކި ޕްރޮސީޖަރއަކަށް އަޅުގަނޑުމެންގެ ޓީމްތައް ޓްރެއިން ވެގެން މަސައްކަތް ކުރަމުން ދާނީ. އެކަމަކު މި ދަންނަވަން އުޅޭ އެއްޗަކީ މިއީ އަޅުގަނޑުމެން މި ޖޮއިންކުރިއިރުގައި މިވަރަކަށް މި ސްޓޭންޑަޑްތަކެއް ނެތް.“ ކުޑަމް ވިދާޅުވި އެވެ
ކުޑަމް ވިދާޅުވި ގޮތުގައި، ވީއައިއޭގެ މައިގަނޑު ކަސްޓަމަރުންނަކީ އެއަލައިންތަކެވެ. އެއަލައިންތަކުން ބޭނުންވާ ޚިދުމަތްތައް ކުރިއަށް ބަލާއިރު ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ ވަރަށް ބޮޑެތި ރިކުއަރމަންޓްތަކަށް އެމްއޭސީއެލްއިން ޚިދުމަތް ދެމުންދާ ކަމަށާއި، އޭގެ މާނައަކީ އެމްއޭސީއެލްގެ ކޮންމެ އޭރިއާއަކީ ވަކި ސްޓޭންޑަޑްތަކެއް ހެދި، ވަކި މެނުއަލްތަކެއް ލިޔެވި، ވަކި ޕްރޮސީޖަރއަކަށް ޓީމްތައް ތަމްރީނުވެގެން މަސައްކަތްކުރަމުންދާ ތަނެއްކަމަށް ފާހަގަކުރެއްވި އެވެ. ނަމަވެސް، އެމްއޭސީއެލް އެންމެ ފުރަތަމަ އުފެދިގެން އައިއިރު އުފެދުނުއިރު މި ސްޓޭންޑަޑްތަކެއް ނެތްކަން ވެސް ފާހަގަކުރެއްވިއެވެ.

މިހާރު އެމްއޭސީއެލްއަކީ އޭޝިއާ ގޯލްޑް ސެޓިފައިޑް، ގްރައުންޑް ހޭންޑްލިންގ އޭޖެންޓެއް (ޖީއެޗްއޭ) ކަމަށާއި، އޭގެ މާނައަކީ އަޔާޓާއިން ކަނޑައަޅާފައިވާ ވަކި ސްޓޭންޑަޑްތަކަކަށް އެމްއޭސީއެލްގެ ހުރިހާ އޮޕަރޭޝަނަލް މަސައްކަތްތަކެއް ފެތުންކަމަށް ކުޑަމް ވިދާޅުވިއެވެ. މީގެ ސަބަބުން، އެއްވެސް އާ އެއަލައިނަކުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފްލައިޓް އޮޕަރޭޓު ކުރާނަމަ، އެމްއޭސީއެލްއަކީ ވަކި ސްޓޭންޑަޑަކަށް ޚިދުމަތްދޭ، ވަކި ސްޓޭންޑަޑްތަކެއް ހެދިގެން އެ ސްޓޭންޑަޑްތަކަށް ޚިދުމަތްދޭ ޖީއެޗްއޭއެއްކަން ޔަގީންކުރެވޭނެއެވެ.
”މިހާރު އެމްއޭސީއެލް އަކީ އައިސާ ގޯސް ސާޓިފައިޑް ޖީއެޗްއޭ. އޭގެ މާނައަކީ އަޔާޓައިމް ބުނާ ވަކި ސްޓޭންޑަރުތަކަކަށް އެމްއޭސީއެލްގެ ހުރިހާ އޮޕަރޭޝަނަލް މީހުންތައް ހުރިހާ އޮޕަރޭޝަނަލް ވޯކްސް މި އިންނަނީ ވަކި ސްޓޭންޑަޑަކަށް ފެތިފަ. އަދި ވަކި ސްޓޭންޑަޑް މެނުއަލްތަކެއް ޕްރޮސީޖަރތަކެއް ހެދިގެން އަޅުގަނޑުމެން ޚިދުމަތް މި ދެމުންދަނީ. އައިސާގޯ ސެޓިފިކޭޝަންގެ މަނައަކީ އެއްވެސް އާ އެއަރލައިނަކުން މިހާރު އެމްމެއޭސީއެލްއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފްލައިކުރާ ކަމުގައި ވެއްޖެއްޔާ. އޭގެ މާނަޔަކީ އެބޭފުޅުންނަށް ޔަގީންކަން އިންނާނެ އަޅުގަނޑުމެންނަކީ ވަކި ސްޓޭންޑަޑަކަށް ޚިދުމަތް ދޭ ވަކި ސްޓޭންޑަޑްތަކެއް ހެދިގެން އެ ސްޓޭންޑަޑްތަކަށް ޚިދުމަތްދޭ ޖީއެޗްއޭއެއްކަން.“ ކުޑަމް ވިދާޅުވިއެވެ
އެންމެ ފުރަތަމަ އޮޕަރޭޝަން ފެށިއިރު ގިނަ ކަންތައްތަކަށް ސިސްޓަމްތައް ނެތްކަމަށާއި، ގިނައިން މަސައްކަތް ކުރެވިފައި ހުރީ މެނުއަލް ގޮތަކަށް ކަމަށް ކުޑަމް ވިދާޅުވި އެވެ. މުޅި އެއާޕޯޓުގެ ޕެސެންޖަރ ޕްރޮސެސިންއަށް ބޭނުންކޮށްފައި ވަނީ އެންމެ ސިންގަލް ސިސްޓަމެއްކަމަށާއި، އެ ސިސްޓަމުން ހުރިހާ އެއަލައިންތަކަށް ޚިދުމަތް ދެމުންދިޔަ ނަމަވެސް، މިހާރު އެމްއޭސީއެލްގެ ހިދުމަތްތައް ފުޅާވެގެން ގޮސް، މޭޖަރ ހުރިހާ ކެރިއާސްތަކަށްހެން މަސައްކަތްކޮށް، ޚިދުމަތް ދެމުންދަނީ އެ އެއާލައިންތަކުގެ އަމިއްލަ ޑިޕާޗަރ ކޮންޓްރޯލް ސިސްޓަމް (ޑީސީއެސް) ގައިކަމަށް ކުޑަމް ހާމަކުރެއްވިއެވެ.

މިގޮތަށް ޚިދުމަތް ދިނުމުގެ ސަބަބުން އެއާލައިންތަކުގެ ޕެސެންޖަރ އެކްސްޕީރިއަންސް އެންހޭންސްވެގެންދާއި ކަމަށާއި، އެ ބޭފުޅުންނަށް އޮންލައިން ފްލައިޓްތަކަށް ޗެކިން ކުރުމާއި، އޮންލައިން ފްލައިޓްތަކުގެ ބޯޑިންގ ޕާސެސްތައް ލިބުމާއި، ބޭނުންވާ ފައިނަލް ޑެސްޓިނޭޝަނަށް ބެގެޖް ޓެގު ކުރުން ފަދަ ވަރަށް ގިނަ ޚިދުމަތްތަކެއް ފެށިފައިވާކަމަށް ކުޑަމް ވިދާޅުވިއެވެ.
”އެކަމަކު މިހާރު އަޅުގަނޑުމެންގެ ޚިދުމަތް ފުޅާވެގެން ގޮސް އަޅުގަނޑުމެން މި އެއަރލައިންތަކަށް މިތާގެ މޭޖަރ ހުރިހާ ކެރިއާސްތަކަށް ހެން މަސައްކަތްކޮށްދެމުން ޚިދުމަތް ދެމުން މި ދަނީ އެ ބޭފުޅުންގެ އޯންޑީސީއެސްގައި… ދަންނަވަން އުޅޭ އެއްޗަކީ އެ ބޭފުޅުންގެ އޯން ޑީސީއެސްގެ ޚިދުމަތް ދެމުން، އެ ބޭފުޅުންގެ ޕެސެންޖަރ އެކްސްޕީރިއަންސް އެބަ އެންޑް ހޭންސް ވޭ. އެ ބޭފުޅުންނަށް އެ ބޭފުޅުންގެ އޮންލައިން ފްލައިޓްތަކަށް ޗެކިން ކުރުމާއި އޮންލައިން ފްލައިޓްތަކުގެ ބޯޑިންގ ޕާސެސްތައް އެމީހުންނަށް ލިބުމާއި އެ ބޭފުޅުންގެ ބެގެޖް އެ ބޭފުޅުން ބޭނުންވާ ފައިނަލް ޑެސްޓިނޭޝަނަށް ޓެގު ކުރުމާއި މިކަހަލަ ވަރަށް ބައިވަރު ޚިދުމަތްތަކެއް އަޅުގަނޑުމެންނަށް ފެށިއްޖެ.“ ކުޑަމް ވިދާޅުވި އެވެ
މީގެ އިތުރުން، އެމްއޭސީއެލްއިން މިހާރު ބެގެޖް ރިކޮންސިލިއޭޝަން ސިސްޓަމެއް ވެސް ބޭނުންކުރަމުންދާ ކަމަށާއި، މިއީ ކުރިން އެއަރޕޯޓުގައި ބޭނުންކުރި ސިސްޓަމެއް ނޫންކަމަށް އެ ކުޑަމް ވިދާޅުވި އެވެ.
”އަޅުގަނޑުގެ އިންޑަސްޓްރީގައި ހުރި ޓެކްނޮލޮޖީއަށް ބަލައިފިއްޔާ މަ އަޅުގަނޑުމެންގެ ތެރެއަށް ގެންނަން ޖެހޭ ވަރަށް ބައިވަރު ކަންތައްތައް އެބަހުރި ގެނެވިދާނެ ކަންތައްތައް މިސާލަކަށް މިހާރު ދުނިޔޭގެ ގިނަ އެއަރޕޯޓްތަކުގެ ޕެސެންޖަރުން އޮންއަރައިވަލް އޯރ ޑިޕާރޗަރގައި އިމިގްރޭޝަނަކަށް ޕެސެންޖަރ އިމިގްރޭޝަން ސްޓާފަކަށް ގިނަ ފަހަރަށް ޕެސެންޖަރ މީޓުވާކަން ނުޖެހޭ.“ ކުޑަމް ވިދާޅުވި އެވެ.
ކުޑަމް އިތުރަށް ވިދާޅުވި ގޮތުގައި، އެއާޕޯޓު އިންޑަސްޓްރީގައި ހުރި ޓެކްނޮލޮޖީއަށް ބަލާއިރު، އެމްއޭސީއެލްގެ ތެރެއަށް ގެންނަން ޖެހޭ އަދި ގެނެވިދާނެ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ، މިހާރު ދުނިޔޭގެ ގިނަ އެއަރޕޯޓުތަކުގައި ޕެސެންޖަރުން އަރައިވަލް ނުވަތަ ޑިޕާޗަރގައި އިމިގްރޭޝަން ސްޓާފަކާ ބައްދަލުވާކަށް ނުޖެހި އެއްކޮށް ނިންމާލެވުމެވެ. އެހެންކަމުން މިއީ ކުރިޔަށް އޮތް ތަނުގައި ގެނެވިދާނެ ހިދުމަތެއްކަމަށް އޭނާ ވިދާޅުވި އެވެ.

