ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާއިންސާނީ އަމަލުތައް ފެންނަ ވީޑިއޯތައް އާންމުނުކުރުމަށް އެޗްއާރްސީއެމްއިން ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ލާއިންސާނީ އަމަލުތައް ފެންނަ ވީޑިއޯތައް އާންމުނުކުރުމަށާއި އެފަދަ އަމަލުތައް ކުރުމަށް ހިތްވަރު ނުދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު ގޮވާލައިފިއެވެ.

މި ގޮވާލުން އައިސްފައިވަނީ ކ. މާފުށީގައި ވަންކަން ކުރި ކަމަށް ތުހުމަތުކުރެވޭ މީހަކަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ހާމަވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެތުރެމުންދާތީއެވެ. އެޗްއާރްސީއެމްއިން އެކްސް ޕްލެޓްފޯމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކާމެދު ހަމަޖެހިފައިވާ އުސޫލާއި މިންގަނޑުގެ މަތިން، ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހެޅުމަށެވެ.

”މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ނުހިންގުމަށާއި، އެއްވެސް ދިވެހި ފަރުދެއް އަނެކާގެ އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތައް އަރައިނުގަތުމަށް އަޅުގަނޑުމެން އިލްތިމާޒުކުރަން،“ އެޗްއާރްސީއެމްގެ ޕޯސްޓުގައި ބުނެފައިވެއެވެ.

އެ ކޮމިޝަނުން އިތުރަށް ފާހަގަކޮށްފައިވަނީ ޖިނާއީ އަދި މަދަނީ މައްސަލަތަކުގެ އިތުރުން އެހެނިހެން މައްސަލަތަކުގައިވެސް ސުލްހަވެރި ގޮތްތައް އިސްކުރުމަށާއި ގާނޫނުގައި ކަނޑައަޅައިފައިވާ އިމުގެ ތެރެއިން ހައްލު ހޯދުމަށް ހުރިހާ ފަރާތްތަކުން މަސައްކަތްކުރުމުގެ މުހިންމުކަމެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ސޯޝަލް މީޑިއާގައި މިފަދަ އަމަލުތައް ހިންގާ، ވީޑިއޯކޮށްފައި އާންމުކުރުމަކީ އަލަށް ކުރެވޭ ކަމެއް ނޫންކަމެވެ. މިފަދަ އަމަލުތައް ހިންގުމަކީ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި، ގާނޫނު ތަންފީޒުކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހަކަށް ވެގެންދާކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: