ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު އޮތްގޮތުންނަމަ އިޒްރޭލުގެ ބޮޑުވަޒީރަށްވެސް ޑުއަލް ޕާސްޕޯޓުގައި ރާއްޖެ އާދެވޭނެ: މީކާއިލް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު އޮތްގޮތުންނަމަ އިޒްރޭލުގެ ބޮޑުވަޒީރަށްވެސް ޑުއަލް ޕާސްޕޯޓުގައި ރާއްޖެ އާދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މީކާއިލް ވިދާޅުވީ ބިލު ފާސްވެގެން ދިޔައީ ބިލު ހުށައެޅި މަގްސަދާއި މުޅިން ހިލާފަށް ކަމަށެވެ.

މެމްބަރު ވިދާޅުވީ އެ ބިލު ފާސްވެގެން އައިގޮތުން އެ ބުނެވެނީ އިޒްރޭލު ޕާސްޕޯޓުގައި ނައިސް ޑުއަލް ޕާސްޕޯޓުގައި އަދެވޭނެ ކަމަށެވެ. އަދި އިޒްރޭލުގެ ބޮޑު އިންސައްތައަކީ ޑުއަލް ޕާސްޕޯޓް ގެންގުޅޭ މީހުންކަމުގައި މީކާއިލް ވިދާޅުވިއެވެ.

“ 308 ދުވަސް ވަންދެން 241 ކޮމިޓީގައި ހިރަފުސް އަރުވާލަން ރީއްޗަށް ބާއްވާފައި އޮތް ބިލެއް. ހަމަ ކުއްލިއަކަށް ގެނެސް އެ ބިލުގައި އޮތް އިބާރާތް މުޅިން ބަދަލުކޮށްލާ އިޒްރޭލުގެ އަސްކަރިއްޔާއަށްވެސް، އިޒްރޭލުގެ ޑިފެންސް ފޯސެސްގެ އެންމެ އިސްވެރިންނަށްވެސް އެހެން ޕާސްޕޯޓެއްގައި ހަމަ ރާއްޖެ އެތެރެ ވެވޭނެ. ނަތަންޔާހޫއަށް ވެސް އެހެން ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވެވޭނެކަމުގެ ފުރުސަތު މި ބިލުން ހުޅުވިގެންދޭ، އިނގޭތޯ. ދެން އެބަ ވިދާޅުވޭ ޑުއަލް ޕާސްޕޯޓު ހޯލްޑަރުން ރާއްޖެ އެތެރެވުން މަނާކުރެވެން ނެތް ކަމަށް، އެކަން ތަންފީޒު ކުރެވެން ނެތް ވާޙަކަ، އިމިގްރޭޝަނުން ބުނާ ވާހަކަ“

މީކާއިލް ވިދާޅުވީ ޑުއަލް ޕާސްޕޯޓު ހޯލްޑަރުން ރާއްޖެ އެތެރެވުން މަނާކުރެވެން ނެތް ކަމަށް އިމިގްރޭޝަނުން ބުނާއިރު، އެ އޮފީހަށް އެރައިވަލް ކާޑަކީ އައު އެއްޗެއްކަމަށް ހިތައްއަރުއްވާ ކަމަށެވެ. އެހެންގައުމުތަކަށް އެތެރެވާއިރުވެސް އެރައިވަލް ކާޑުގައި އެހުރިހާ މައުލޫމާތެއް ހުންނަ ކަމަށާއި އެކަންކަން އެ މިންވަރަށް އިމިގްރޭޝަނަށް ތަންފީޒު ނުކުރެވޭ ކަމަށްވާނަމަ އޮފީސް އުވާލަންވެސް ރަނގަޅުވާނެ ކަމަށް މީކާއިލް ވިދާޅުވިއެވެ.

ރައްޔިތުންގެ ކުރިމަތީގައި މެޑަލް ޖަހާލުމު ބޭނުމުގައި ކްރެޑިޓް ނެންގެވުމުގެ ބޭނުމުގައި ކުރެއްވި އެއްވެސް ތާކުން ތާކުން ނުޖެހޭ ކަމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށް މީކާއިލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: