ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު މާލޭ އޯޕަން ސްވިމިންގ މުބާރާތް 25 މޭ 2025 ގައި!

ދިރާގު މާލޭ އޯޕަން ސްވިމިންގ މުބާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު މާލޭ އޯޕަން ސްވިމިންގ މުބާރާތް 25 މޭ 2025 ގައި ރަސްފަންނުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ސްވިމް މޯލްޑިވްސް އިންތިޒާމްކޮށްގެން ބާއްވާ ދިރާގު މާލޭ އޯޕަން ސްވިމިންގ މުބާރާތަކީ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭގޮތަށް ހުޅުވައިލައިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި 350 އަށް ވުރެ ގިނަ ފެތުންތެރިންގެ ހުނަރު ފެނިގެންދާނެއެވެ. މި މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓަރ ސްވިމިންގ ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، މި ފަދަ ގިނަ ފަރާތްތަކުން ބައިވެރިވާ ކުޅިވަރުގެ ހަރަކާތްތަކަށް އެއްބާރުލުން ދީ، ތަފާތު އެކި ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ހޯދައިދިނުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

މި މުބާރާތުގައި ރަޖިސްޓަރީކުރަން ބޭނުންވާ ފެތުންތެރިންނަށް މިހާރު ވަނީ ރަޖިސްޓަރީކުރުމަށް ހުޅުވައިލައިފައެވެ.

ދިރާގަކީ، ރާއްޖޭގައި އެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އަދި ކުޅިވަރު ކުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: