ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަޅުވަކަރު މިސްކިތް ހުންނަ ސަރަހައްދުގައި ކުރަމުންދަނީ ޒަމާނީ ޑިޖިޓަލައިޒްޑް މިއުޒިޔަމެއް ތަރައްޤީކުރުމުގެ މަސައްކަތް: އާދަމް ނަޞީރު

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަޅުވަކަރު މިސްކިތް ހުންނަ ސަރަހައްދުގައި ކުރަމުންދަނީ ޒަމާނީ ޑިޖިޓަލައިޒްޑް މިއުޒިޔަމެއް ތަރައްޤީކުރުމުގެ މަސައްކަތްކަމަށް މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޒީރު ވަނީ ހާޒިރުކޮށްފައެވެ. ކަޅުވަކަރު މިސްކިތް ހުންނަ ސަރަހައްދާއި ގުޅޭ ގޮތުން ސުވާލުކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމްއެވެ.

މެންބަރު ސުވާލުކުރެއްވީ ކަޅުވަކަރު މިސްކިތް ރާވައި އެ ސަރަޙައްދު ޕާކެއްގެ ގޮތުގައި ތަރައްޤީކުރުމަށް 6 މަސް ދުވަސް ހޭދަވެފައިވީނަމަވެސް އެ ސަރަޙައްދަށް ކަޅުއޮށްފުންމީގެ ނަމޫނާ ގެނެސް މިސްކިތާއި ޕާކުގެ މަރާމާތެއް ކުރަނީކަމަށް ބުނެ އެ ސަރަޙައްދު ބަންދުކޮށްފައި އޮންނަތާ 1 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ އަދި ކަޅުއޮށްފުންމީގެ ނަމޫނާއަކީ އަސްލު މިންތަކާ އެއްގޮތަށް ބަނދެވިފައިވާ އުުޅަނދެއްކަން ރަސްމީކޮށް އަންގައިދެއްވާފައި ނުވާތީ އެ މަޢުލޫމާތު ހާމަކުރުމާއެކު އެ ޕާކާއި މިސްކިތް ހުޅުވޭނީ ކޮން ތާރީހެއްގައިތޯއެވެ.

ސުވާލުގެ މައުލޫމާތު ގޯސްކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ކަޅުއޮށްފުއްމި ހުރި ސަރަހައްދާއި އެތަން ޕާކެއްގެ ގޮތުގައި ތަރައްޤީ ކުރާ ވާހަކަ މި ސަރުކާރުން ދުވަހަކު ވެސް ދައްކާފައި ނޯންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ސަރުކާރުގެ ސްޓޭންޑް ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން ހުށަހެޅުއްވިއިރު ހިއްސާކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ރައީސް ވިދާޅުވީ ތަރިކައިގެ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ ސިޔާސަތުގެ ދަށުން އުސްގެކޮޅާއި ކަޅުއޮށްފުއްމިއާ ގުޅިފައިވާ ޕާކު އިންޓަރަކްޓިވް އިމާސިވް، އެކްސްޕީރިއަންސް ފޯރުކޮށްދޭ ޒަމާނީ މިއުޒިޔަމަކަށް ބަދަލުކުރުމުގެ ވާހަކަކަމަށާއި، އެ މަސައްކަތް ފަށައިފިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންވީމާ އެއީ ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތެއް ނޫން އެތާ ހިނގަނީ. އެތަނުގައި ހިނގަނީ އެންމެ ޒަމާނީ ޑިޖިޓަލައިޒް މިއުޒިޔަމެއް ތަރައްޤީކުރުމުގެ މަސައްކަތް.

އޭގެ ޑިޒައިންގެ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: