ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯޝަލް މީޑިއާގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަންކަމާއި ގުޅޭ ގޮތުން ޓިކްޓޮކްއާއިއެކު މަޝްވަރާ ކޮށްފި

ޓިކްޓޮކްގެ އިސް ވަފުދަކާއެކު ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީން ބައްދަލުކުރެއްވި ހަބަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިޖިޓަލް އަދި ސޯޝަލް މީޑިއާގެ ދާއިރާގައި ދިމާވަމުންދާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ޤާނޫނީ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީއާއި އެމްއެމްޕީއާރްސީގެ އިސްވެރިން، ޓިކްޓޮކްގެ އިސް ވަފުދަކާ ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުން ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. އަދި ޓިކްޓޮކް ޕްލެޓްފޯމްގެ މައިގަނޑު ސިފަތަކާއި އެ ޕްލެޓްފޯމް ބޭނުންކުރާ ގޮތްތަކާ ބެހޭ މަޢުލޫމާތު ޓިކްޓޮކްގެ ފަރާތުން ހިއްސާކޮށްފައިވެއެވެ.

މީގެއިތުރުން، ޑިޖިޓަލް އަދި ސޯޝަލް މީޑިއާގެ ދާއިރާގައި އިތުރު ކުރިއެރުން ހޯދުމަށާއި، އާ ގޮތްތައް ތަޢާރަފުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުން ހޯދުމަށާއި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރައްވާފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވި ގޮތުގައި މިފަދަ ބައްދަލުވުންތަކުން ލިބޭ މަޢުލޫމާތުގެ އަލީގައި، ކުރިއަށް އޮތް ތަނުގައި އިތުރު މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މިކަމުން ރާއްޖޭގެ ޑިޖިޓަލް އަދި ސޯޝަލް މީޑިއާގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: