ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު ނިމޭއިރު ބީއެމްއެލްގެ 250 އަށް ވުރެ ގިނަ އޭޓީއެމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނާނެ

250 އަށް ވުރެ ގިނަ އޭޓީއެމް ގާއިމްކުރުމުގެ މަސައްކަތް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ނިމޭއިރު ބީއެމްއެލްގެ 250 އަށް ވުރެ ގިނަ އޭޓީއެމް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުންނާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ އެ ބޭންކުގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2025 ވަނަ އަހަރުގެ ނިޔަލަށް އޭޓީއެމް ބަހައްޓައި ޚިދުމަތްދޭން ފެށުމެވެ. މި މަޝްރޫއުގެ ސަބަބުން ބޭންކިން ނިޒާމަށް ވަންނަ ފައިސާ އިތުރުވާން މަގު ފަހިވެގެންދާނެއެވެ. ރާއްޖެއަކީ ވަކިވަކި ރަށްރަށުގައި މީހުން ދިރިއުޅޭ ޖަޒީރާ ގައުމަކަށްވުމުން، ބޭންކިން ހިދުމަތް ފޯރުކޮށްދޭން ކުރިމަތިވާ ދަތިތަކަށް ސެލްފް ސާވިސް އޭޓީއެމް ބެހެއްޓުމުން ހައްލުތަކެއް ލިބެމުން އަންނައިރު، ކަސްޓަމަރުންވަނީ މި ޚިދުމަތް ނުހަނު ބޮޑަށް ބަލައިގެންފައެވެ.

މިދިޔަ އަހަރެއްހާ ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލަކު 30،000 މުއާމަލާތްކުރާއިރެއެވެ. އަދި މި މުއާމަލާތްތަކުގެ އަދަދު 99 މިލިއަން ރުފިޔާއަށް އަރާކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. ބީއެމްއެލް އޭޓީއެމްތަކުން ދުވާލެއްގެ މައްޗަށްކުރާ މުއާމަލާތްތަކުގެ 50 އިންސައްތަ ހިއްސާކުރަނީ މާލެ ސިޓީ ސަރަހައްދު ފިޔަވައި އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ އޭޓީއެމްތަކުން ކުރާ މުޢާމަލާތްތަކެވެ. އަދި މި މުޢާމަލާތްތަކުގެ އަދަދު 41 މިލިއަން ރުފިޔާއަށް އަރައެވެ.

ބީއެމްއެލްއިން ބުނެފައިވަނީ މިވަގުތު ދަނީ 6 އަތޮޅެއްގެ 40 ރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. މިއަހަރު ނިމޭއިރު ބީއެމްއެލްގެ 250 އަށް ވުރެ ގިނަ އޭޓީއެމް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުންނާނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ. ބޭންކުން ބަހައްޓަމުންދާ އޭޓީއެމްތައް މެދުވެރިކޮށް ފައިސާ ނެގުމާއި ޑިޕޮސިޓް ކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުން ފަދަ ދުވަހުން ދުވަހަށް ކުރަންޖެހޭ ބޭންކިންގ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭ ގޮތަށްކަމަށް ބޭންކުން ވަނީ ބުނެފައެވެ.

އޭޓީއެމް އިން ހުރިހާ ބޭފުޅުންނަށް ޚިދުމަތް ލިބޭގޮތަށް، އަދި ފުރިހަމައަށް މަސައްކަތް ކުރާގޮތަށް އޭޓީއެމް ބެހެއްޓުމަށްޓަކައި، އޭޓީއެމް ބޭނުންކުރައްވާ ފަރާތްތަކުން ބައެއް ކަންކަމަށް ފަރުވާތެރިވުމަށް ވަނީ އިލްތިމާޒްކޮށްފައެވެ. އެގޮތުން:

  • ބާވެފައި، ފަށްޖަހާފައި ނުވަތަ ވީދިފައި ހުންނަ ނޫޓުތައް އޭޓީއެމްއަށް ނުލުން
  • ވަކިލާރި ރަސީދު، ޕޭޕަރ ކްލިޕް، ނުވަތަ މިފަދަ އެހެނިހެން އެއްޗެހި އޭޓީއެމްއަށް ނުލުން.
  • ހަލާކުވެފައިވާ ކާޑުތައް އޭޓީއެމްއަށް ނުލުން.

ބޭންކުގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު ޑިޖިޓަލް ބޭންކިންގ ހިދުމަތްތަށް އިތުރަށް ތަރައްޤީކޮށް ފުރިހަމަ ކުރުމަށް ބޮޑެތި މަސައްކަތްތަކެއްވެސް ބޭންކުން ދަނީ ކުރަމުންނެވެ. ކަސްޓަމަރުން ބޭނުންވާފަދަ ފަސޭހަ އަދި ރައްކާތެރި ހިދުމަތްތައް ދިނުމަށް ބައިނަލްއަޤްވާމީ ކާޑު ނެޓްވޯކްތަކާއި ޕޭމަންޓް ސޮލިއުޝަންދޭ ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް މުހިންމު މަސައްކަތްތަކެއްވެސް ކުރެވިގެންދާނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލްގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2025 ވަނަ އަހަރުގެ ނިޔަލަށް އޭޓީއެމް ބަހައްޓައި ޚިދުމަތްދޭން ފެށުމެވެ. މި މަޝްރޫއުގެ ސަބަބުން ބޭންކިން ނިޒާމަށް ވަންނަ ފައިސާ އިތުރުވާން މަގު ފަހިވެގެންދާނެއެވެ. ރާއްޖެއަކީ ވަކިވަކި ރަށްރަށުގައި މީހުން ދިރިއުޅޭ ޖަޒީރާ ގައުމަކަށްވުމުން، ބޭންކިން ހިދުމަތް ފޯރުކޮށްދޭން ކުރިމަތިވާ ދަތިތަކަށް ސެލްފް ސާވިސް އޭޓީއެމް ބެހެއްޓުމުން ހައްލުތަކެއް ލިބެމުން އަންނައިރު، ކަސްޓަމަރުންވަނީ މި ޚިދުމަތް ނުހަނު ބޮޑަށް ބަލައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: