ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެނެރޭޝަނަލް ބޭންގެ ސަބަބުން ރާއްޖޭގެ މުސްތަގުބަލު ސަލާމަތްވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖެނެރޭޝަނަލް ބޭންގެ ސަބަބުން ރާއްޖޭގެ މުސްތަގުބަލު ސަލާމަތްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާއިއެކު ކުރިއަށް ގެންދަވާ ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގެންނެވި ގޮތުގައި ދުންފަތުގެ އިސްތިއުމާލަށް ޖެނެރޭޝަނަލް ބޭންއެއް ގެނައުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. ރާއްޖޭގެ އާބާދީއަކީ ވަރަށް ޒުވާން އާބާދީއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

2007 ވަނަ އަހަރަށްފަހު އުފަންވީ ކުދިންނަކީވެސް ރާއްޖޭގެ އާބާދީގެ 30 އިންސައްތަކަމަށާއި، އެ އާބާދީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ އާދައިން ދުރުކުރެވިއްޖެނަމަ، އެ ސަލާމަތްކޮށްދެވެނީ ރާއްޖޭގެ މުސްތަގުބަލުކަމަށެވެ.

މިހާރު 2007 ވަނަ އަހަރުގައި ޖެނުއަރީ 1 އަކުން ފެށީގެން އުފަންވެފައި ތިބި، މިހާރު ދުނިޔޭގައި ތިބި ހުރިހާ އެންމެންނަ، ދެން ހަމަ އުފަންވަމުންދާނެ ހުރިހާ އެންމެން މި ގާނޫނުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރުމުން މަނާކަމެއްގެ ގޮތުގައި.

ރައީސް ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ސިއްހަތަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. ގައިންގަޔަށް ނާރާ ބަލިތަކުގެ އެންމެ ބޮޑު އެއް ސަބަބަކަށްވަނީ ދުންފަތުގެ އިސްތިއުމާލުކުރުންކަމަށް ރައީސް ވިދާޅުވިއެވެ. ބަލި ބަލިން މަރުވާ މީހުންގެ އަދަދުގެ 80 އިންސައްތަ މީހުންނަކީ ދުންފަތް ބޭނުންކުރުމުގެ ސަބަބުން ހުށައެޅޭ ބަލިތަކުގައި މަރުވާ މީހުންކަމަށް ދިރާސާތަކުން ދައްކާކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި ޒުވާނުން ވަރަށް ގިނަކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދުންފަތުން ދުރުހެލިވުމުގެ ސަބަބުން ދިރިއުޅުން އުޖާލާވެ، ފައިދާހުރި ކަންކަން ކުރުމުގައި އުޅުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސުކޫލު ދުވަސްވަރުގައިއާއި، 18 އަހަރުވުމާއިއެކުގައި ދުނަފަތުގެ އިސްމާއުލު ކުރަމުން އަންނަ އައުމަށް ވަރަށް ބޮޑަށް ހައްލެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޖެނެރޭޝަނަލް ބޭން ގެނައުމަށް މަޖިލީހަށް ހުށައަޅާނެކަމަށާއި، މަޖިލީހުން މި މަސައްކަތްކޮށް، ބިލު ތަސްދީގުކުރުމަށްފަހުވެސް 6 މަސް ދުވަހުގެ މުއްދަތެއް އެކަމާއި ދުރުވުމަށް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުން މި ނިންމުން ބަލައިގަނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: