ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެނެރޭޝަނަލް ބޭންއެއް ގެނައުމަށް، ޕޯލްއާއި އެއްގޮތަށް ކުރިއަށް ނުދިޔައީ ރަނގަޅު ނަތީޖާއެއް ގެނައުމަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖެނެރޭޝަނަލް ބޭންއެއް ގެނައުމަށް، ޕޯލްއާއި އެއްގޮތަށް ކުރިއަށް ނުދިޔައީ ރަނގަޅު ނަތީޖާއެއް ގެނައުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންނާއިއެކު ކުރިއަށް ގެންދާ ޕޮޑްކާސްޓުގައެވެ. ރައީސް ވިދާޅުވީ ޕޯލް ހުޅުވާލީ ރައްޔިތުންގެ ހިޔާލު ހޯދުމަށްކަމަށެވެ. އޭގެ އިތުރުންވެސް ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދާފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ހުށައަޅުއްވާފައި ވަނީ 2000 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހަށްފަހު އުފަންވެފައިވާ މީހުން ނުވަތަ 2004 ގެ ޖެނުއަރީ އެއްވަނަ ދުވަހަށް ފަސް އަދި 2007 ވަނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހަށް ފަހު އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާކުރުމަށެވެ.

މި ޕޯލްއަށް 5501 މީހުން ހިޔާލު ހުށައަޅާފައިވެއެވެ. މީގެ ތެރެއިން 51.1 އިންސައްތަ މީހުން ވޯޓު ދީފައި ވަނީ 2000 ވަނަ އަހަރަށްފަހު އުފަންވެފައިވާ މީހުންނަށް މަނާކުރުމަށެވެ. އަދި 40.8 އިންސައްތަ މީހުން ވޯޓު ދިނީ 2007 ވަނަ އަހަރަށް ފަހު އުފަންވެފައިވާ މީހުންނަށް މަނާކުރުމަށްކަމަށްވާއިރު 8.2 އިންސައްތަ މީހަކު 2004 ވަނަ އަހަރަށްފަހު އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާ ކުރުމަށް ވޯޓު ދިނެވެ. ޓްވިޓާގައި ހުޅުވާލި ޕޯލް 128،000 މީހުން ބަލާފައިވެއެވެ.

ޕޯލްއާއި އެއްގޮތަށް ކުރިއަށް ނުދިޔައީ އެކަށީގެންވާ ނަތީޖާއެއް ނެރެ، ބެލެނިވެރިންނަށްވެސް ދަރިން ދުންފަތާއި ދުރުކުރުމުގެ ފުރުސަތު ދިނުމަށްޓަކައި، ވަރަށް ރަނގަޅަށް ދިރާސާ ކުރެއްވުމަށްފަހުކަމަށް ރައީސް ވިދާޅުވިއެވެ. މަޖުބޫރުން ކުރުވަނީކަމަށްވާނަމަ ނަތީޖާ ހާސިލްނުވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުން ދުންފަތާއި ދުރުކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލްވެވެން އޮތީ ރައްޔިތުން ޕޯލްގައި ދެވަނައަށް އެންމެ ގިނައިން ވޯޓުދިން ހުށައެޅުމާއިއެކުކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ ހުދު އެމަނިކުފާނުވެސް ޒުވާނުންނާއި ވާހަކަދައްކާ ހިޔާލާ މަޝްވަރާ ހޯދާފައިވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: