ރެފްކޫލްގެ ރޯދަ ސޭލްގެ ނަސީބުވެރިން ހޮވުމަށް ބާއްވާ ގުރުއަތު ނެގުން ކުރިއަށް ގެންގޮސްފިއެވެ.
ރެފްކޫލްގެ ރޯދަ ސޭލް ގުރުއަތުލުން ކުރިއަށް ގެންދިޔައީ މާލޭގައި ހުންނަ ރެފްކޫލްގެ ފިހާރައިގައެވެ. މި ގުރުއަތުލުމުގައި ރެފްކޫލްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަހުމަދު ރަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިއީ ނޮވެމްބަރު 20 ފެށިގެން އޭޕްރިލް 10 އަކާއި ހަމައަށް ރެފްކޫލްގެ ތިން ފިހާރައިގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަންއެކެވެ. މި ޕްރޮމޯޝަންގައި ރެފްކޫލްގެ ފަރާތުން އަގުހުރި އިނާމްތަކެއް ވަނީ ހުށައަޅައިފައެވެ.
އެގޮތުން:
- 3 ވަނަ އިނާމުގެ ގޮތުގައި 5 ނަސީބުވެރިއަކަށް ގްރީ އެއަރ ޕިއުރިފާޔަރ
- 2 ވަނަ އިނާމަކަށް ސީޒަން ޕެރެޑައިސްގައި 2 ބޭފުޅަކަށް ޗުއްޓީ ދަތުރެއް
- 1 ވަނަ އިނާމަކަށް އެއް ބޭފުޅަކަށް އުމްރާ ދަތުރެއް
އެގޮތުން މި އިނާމުތަކުގެ ނަސީބުވެރިންގެ ތެރެއިން 3 ވަނަ އިނާމް، ގްރީގެ އެއަރ ފިއުރިފާޔަރ ލިބިފައިވާ 5 ބޭފުޅުންނަކީ:
- ނަފީސާ
- ޔޫސުފް ރާޒިން
- އަބްދުލް ސަމަދް
- މުހައްމަދު ޝިހާމް
- މުހައްމަދު ހަސަން
2 ވަނަ އިނާމަކަށް ރެފްކޫލްއިން ހުށައަޅާފައިވާ 2 ބޭފުޅަކަށް ސީޒަން ޕެރެޑައިސްއަށް ޗުއްޓީ ދަތުރުގެ އިނާމް ލިބިފައިވަނީ މުހައްމަދު އަހުމަދަށެވެ. އަދި 1 ވަނަ އިނާމްގެ ގޮތުގައި ރެފްކޫލްއިން ހުށައަޅައިފައިވާ އުމްރާ ދަތުރު ލިބިފައިވާ ފަރާތަކީ އިމާން މުހައްމަދުއެވެ.
ރެފްކޫލްގެ ތިން ފިހާރަ ހިމެނޭހެން ކުރިއަށް ގެންދިޔަ ”ރެފްކޫލް ރޯދަ ސޭލް“ ނިމިފައިވާއިރު ކުރިއަށް އޮތްތަނުގައިވެސް މިފަދަ އެތައް އަގުހުރި އިނާމް ތަކެއް ކުރިއަށް އޮތް އެކި ޕްރޮމޯޝަން ތަކުގައިވެސް ގެންނާނެ ކަމަށް އެ ފިހާރައިން ވަނީ ބުނެފައެވެ.

