ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ރަންގައި ބައިވެރިވެގެން މެލޭޝިއާއަށް ހިލޭ ދަތުރެއް ދިއުމުގެ ފުރުސަތު!

ހުޅުމާލެ ރަންގައި ބައިވެރިވެގެން މެލޭޝިއާއަށް ހިލޭ ދަތުރެއް ދިއުމުގެ ފުރުސަތު
ޝެއާރކޮށްލާ ކަހަލަދޯ؟

އެލީޓް ރަނާރސްއިން ބާއްވާ ”ހުޅުމާލެ ރަން“ ގައި ބައިވެރިވެގެން މެލޭޝިއާއަށް ހިލޭ ދަތުރެއް ލިބޭ ލަކީ ޑްރޯއެއް ކުރިންގެންދަން އެލީޓް ރަނާރސްއިން ނިންމައިފިއެވެ.

އެލީޓް ރަނާރސްއިން ބުނެފައި ވަނީ ހުޅުމާލެ ރަންގެ އޮފިޝަލް އެއަރލައިން ޕާޓްނަރަކީ ބަޓީކް އެއަރލައިންގެ ޖެނެރަލް ސޭލްސް އެޖެންޓު، ކޮންސިއަރޖް ގްރޫޕް އޮފް މޯލްޑިވްސް ކަމަށެވެ. މި ޕާޓްނަރޝިޕްގެ ދަށުން ހުޅުމާލޭގައި ބާއްވަ މި ރަންގައި ހާއްސަ ލަކީ ޑްރޯއެއް ކުރިއަށް ގެންދަން އެލީޓް ރަނާރސްއިން ވަނީ ނިންމާފައެވެ. އެގޮތުން މި ރަންގައި ބަވެރިވެ ރަން ނިންމާ ކޮންމެ ދުވުންތެރިއެއް ވެސް ލަކީޑްރޯއަށް ކޮލިފައިވާނެ އެވެ.

މި ލަކީ ޑްރޯގެ 1 ވަނަ ނަސީބުވެރިއަކަށް ލިބޭނީ މެލޭޝިޔާއަށް ހިލޭ ދެކޮޅު ޓިކެޓެވެ. އަދި 2 ވަނަ ނަސީބުވެރިއަކަށް މެލޭޝިއާގެ ދެކޮޅު ޓިކެޓުން ބޮޑު ޑިސްކައުންޓެއް ލިބިގެންދާނެއެވެ. މީގެއިތުރަށް ވެސް މި ރަންއިން އަގުހުރި އިނާމުތައް އަދި އަނާމުގެ ގޮތުގައި ފައިސާވެސް ވަނީ ހުށައަޅާފައެވެ. އެގޮތުން ބައިވެރިވާ ކޮންމެ ކެޓަގަރީއަކުން ވަނަ ވަނަ އަށްދާ ދުވުންތެރިންނަށް އިނާމްގެ ގޮތުގައި ފައިސާ ލިބިގެންދާނެެއެވެ. އަދި މި ރަންގައި ބައިވެރިވެގެން ކްލިކް ކޮމްޕިއުޓަރސްއިން ހުށައަޅާ އަގުހުރި އިނާމްތައްވެސް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.

މި ރަންގައި އެލީޓް ރަނާރސްގެ ވެބްސަޓު މެދުވެރިކޮށް ރެޖިސްޓަރ ކޮށްލެވޭނެއެވެ. އަދި އެލީޓް ރަނަރސްގެ ސޯޝަލް މީޑިއާގައިވާ ކިއުއާރު ކޯޑް ސްކޭން ކޮށްލައިގެންވެސް ރަންގައި ރެޖިސްޓަރ ކުރެވޭނެއެވެ. މިރަން އޮންނާނީ ޖުލައި މަހުގެ 4 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: