ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ސްމާޓް ހޯމް ކިޓެއް ލިބޭ ޕްރޮމޯޝަންއެއް ކުރިއަށް ގެންދަން ފަށާފައިވާކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގުން ފަށާފައިވާ ސްމާޓް ހޯމް ކިޓު ލިބޭ ޕްރޮމޯޝަންގެ ދަށުން ގިނަ އަގު ހުރި ވަސީލަތްތަކެއް ލިބިގެންދެއެވެ.
މި ޕްރޮމޯޝަންގައި އެ ކުންފުނީގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ބައިވެރިވުމުގެ ފަހި ފުރުސަތެއް ހުޅުވާލެވިފައިވެއެވެ. އެގޮތުން 200 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ބިލު ދެއްކުމުން ނުވަތަ ރީޗާޖުކުރުމުން އޭޕްރިލް 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި ފަރާތްތަކަށް ލިބޭ ތަކެތީގެ ތެރޭގައި އައުޓް ޑޯރ ކެމެރާ އަދި އިންޑޯ ކެމެރާ ހިމެނޭއިރު ދޮރުފަތުގައި ހަރުކުރުމަށް ހާއްސަ ޑޯބެލް ކެމެރާގެ އިތުރުން ދިރާގުގެ އޮރެންޖް ބޮކްސްވެސް ހިމެނެއެވެ. މި ތަކެއްޗަކީ ސްމާޓް ހޯމް ކިޓުގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ.

