ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާސްޕޯޓު ބޭންކުރުން ލަސްވީ ނުފޫޒެއް ނޫނީ މާލީ މަންފާއެއް ލިބެން އޮތުމަކުން ނޫން: ރިޔާޒް

މެމްބަރު ރިޔާޒް: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުގެ ޕާސްޕޯޓު ބޭންކުރުން ލަސްވެގެންދިޔައީ ހުޅަނގުގެ ނުފޫޒެއްގެ ސަބަބުން ނުވަތަ އެކަމުން މާލީ މަންފާތަކެއް ލިބެމުންދާތީ ނޫންކަމަށާއި އެފަދަ ހާލަތެއް މެދުވެރިވިނަމަ ރާއްޖެއަށް ދަރަނިތައް ދެއްކުން ފަދަ ކަންކަމުގައި މިއަދު ދަތިތަކެއް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި އިސްރާއީލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމާއި ގުޅޭގޮތުން މެމްބަރު ރިޔާޒް ވަނީ އިދިކޮޅު ބައެއް ފަރާތްތަކުން އެކަމަށް އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވާފައެވެ. މެމްބަރު ވިދާޅުވީ، ބޭރު ގައުމުތަކުގައި ޕްރެޝަރަށް ކެތް ނުވެގެން ރައީސް ޑރ މުހައްމަދު މުއިއްޒު މި މައްސަލައިގައި ނަންގަވާފައިވާ ސްޓޭންޑު ބަދަލު ނުކުރައްވާނެކަން ސާބިތުކަމާއިއެކު ދަންނަވާކަމަށެވެ.

މެމްބަރު ވިދާޅުވީ، ގައުމުގެ ހާލަތު އޮތްގޮތް ހުރިހާ ރައްޔިތުންނަށްވެސް އެނގޭކަމަށާއި ދައުރުގެ ބޮޑުބައި ބާކީ ކުރިއަށް އޮތްކަމަށެވެ. އެހެންކަމުން ކުރިއަށް ގިނަ ދުވަސްތަކެއް އޮތްއިރު ޕާސްޕޯޓު މަނާކުރުމަށް ނިންމި ނިންމުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކާއި އެފަދަ އެހެނިހެން ކަންކަމަށް ސަރުކާރުން ގާތުން ބަލަމުންދާނެކަމަށް ފާހަގަކުރެއްވިއެވެ. އަދި ރައީސް ޑރ މުއިއްޒު ނިންމަވާފައިވާ ގޮތަށް އިތުރު ބަދަލުތަކެއް ގެންނަވާނެކަމަށް ދެކިވަޑައިނުގަންނަވާކަމަށް ފާހަގަކުރެއްވިއެވެ.

ރިޔާޒް ވިދާޅުވީ، ދިވެހިން ކޮންމެ ހާލަތެއްގައި އުޅެންޖެހުނު ނަމަވެސް މި އިސްލާމީ ގައުމާއި ޒުވާން ޖީލުތަކުގެ ހައްގުގައި ނިންމަވާފައިވާ ނިންމެވުމެއް އަނބުރާ ގެނެސް އަމިއްލަ މަންފާއަށާއި މާއްދިޔަތަށްޓަކައި ނޫނީ ހުޅަނގުގެ ގައުމެއްގެ އެދުމުގެ މަތިން އެކަން ކުރައްވާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

ބޭރުގެ ނުފޫޒުގެ ސަބަބުން މަޖިލީހުން ފާސްކުރުމުގައި ލަސްތަކެއް ވެގެންދިޔަކަމަށް ކުރާ ތުހުމަތުގެ މައްޗަށްވެސް މެމްބަރު އަލިއެޅުއްވިއެވެ. ރިޔާޒް ވިދާޅުވީ، އެފަދަ ދަތިތަކެއް ކުރިމަތިވެގެންދިޔަކަމަށް ގަބޫލުނުކުރައްވާކަމަށާއި ސަރުކާރު ހިންގާ ޕާޓީގެ މެމްބަރެއްގެ ހައިސިއްޔަތުގައި ހުންނެވި އިރު ގައުމުގެ ކަންކަން ހިނގަމުންދާ ގޮތް ސާފުކޮށް ފެނިވަޑައިގަންނަވާކަމަށެވެ.

މެމްބަރު ވިދާޅުވީ، ބޭރު ގައުމުތަކުން އެދޭ ގޮތަށް ކަންކަން ކުރާނަމަ ރާއްޖެއަށް އެކަމުގެ ސަބަބުން ގިނަ މަންފާތަކެއް ލިބިގެންދާނެކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ލިބިފައިނުވާކަމަށާއި ނޫންނަމަ އެކަންކަން ފެންނަން އޮންނާނެކަމަށް ފާހަގަކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިކަމާއި ގުޅިގެން ދައްކަމުންދާ ވާހަކަަތައް ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާނެކަމަށ ދެކިވަޑައިނުގަންނަވާކަމަށާއި ޕާސްޕޯޓު މަނާކުރުން ލަސްވެގެންދިޔައީ އެކަމުގެ ސަބަބުން ހުޅަނގު ގައުމުތަކެއްގެ ފަރާތުން ލިބޭ ފައިދާތަކުގެ ސަބަބުންކަމަށްވާނަ މިއަދު ރާއްޖެ އޮންނާނީ މާލީ ގޮތުން ދަތި ހާލަތެއްގައި ނޫންކަމަށް އިޝާރާތްކުރެއްވިއެވެ.

ރިޔާޒް ވިދާޅުވީ، އެފަދަ ހާލަތެއް މެދުވެރިވި ނަމަ ރާއްޖޭގެ ހާލަތު ރަނގަޅުވެގެންދިޔައީސްކަމަށާއި ދަރަނިތައް ދައްކާ ނިމިގެންދާނެކަމަށެވެ. ނަމަވެސް އެކަންކަން ވެފައިނުވަނީ އިސްވެ ފާހަގަކުރެއްވިފަދަ ކަމެއް ނެތްކަމަށްވުމުންކަމަށާއި ބިލު ފާސްކުރުމުގައި ލަސްތަކެއް ވެގެންދިޔައީ އެފަދަ ކަމެއްގެ ސަބަބުންކަމަށް ގަބޫލުނުކުރައްވާކަމަށް ތަކުރާރުކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ކަންކަން ކުރަންވާނީ މަޝްވަރާގެ ތެރެއިންކަމަށާއި ވަގުތު އައިސް ޖެހުމުން އެކަންކަން ރަނގަޅަށް ހިނގާނެކަމަށެވެ. އެހެންކަމުން މެމްބަރުންގެ ތެރޭގައި މަޝްވަރާކޮށް ކޮމިޓީ މަރުހަލާގައި ބައްދަލުކުރަންޖެހޭ ފަރާތްތަކާއިއެކު ބައްދަލުވުންތައް ކުރިއަށް ގެންގޮސް ނިމުމުން މިހާރު އެ މައްސަލައަށް ހައްލެއް ލިބިފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: