ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭގަނޑު 10 ގެ ފަހުން ބެލެނިވެރިޔަކާ ނުލައި ގެއިން ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ޗިލްޑްރެން ޑާޓާ ބޭސް އިފްތިތާހުކޮށް، ޑާޓާ ބޭސް އެއްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި އެޕްރީލް މަހުގެ 20 ވަނަ ދުވަހު ފެށި މި މަސައްކަތަކީ ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކޮށް އަދި ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރިކުރުމަށް އިދާރާތަކާއެކު ގުޅިގެން މަސައްކަތް ކުރުމަށް ފެށި ހަރަކާތެކެވެ.

މި މަސައްކަތުގެ ތެރެއިން، ރޭގަނޑު 10 ގެ ފަހުން ބެލެނިވެރިޔަކާ ނުލައި ގެއިން ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކޮށް ކުށްތަކަށް އަރައިގަންނަ ކުދިން އަލުން މުޖުތަމައަށް ގެނައުމަށް އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނެއެވެ.

ކުށް މަދު އަމާން މުޖުތަމައެއް ރަށްރަށުގައި ގާއިމުކުރުމަށް، ރަށްރަށުގެ އިދާރާތަކާ ގުޅިގެން އެކި ހަރަކާތްތައް ފުލުހުން ދަނީ ހިންގަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: