އެމްއެމްޕީއާރްސީން ދުބާއީގައި ދިވެހި ހަވީރެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
އެމްއެމްޕީއާރްސީން އާންމުކޮށްފައިވާގޮތުން އެ ކުންފުނިން ދަނީ މި މަހުގެ 28 ވަނަ ދުވަހުގައި ދުބާއީގައި ”މޯލްޑިވިއަން އީވްނިންގ 2025“ ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންނެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދުބާއީގެ ތިއޭޓާރ އޮފް ޑިޖިޓަލް އާޓްގައި އެ ދުވަހުގެ 19:00 އިން 23:00 ގެ ނިޔަލަށް އޭޓީއެމް 2025 އިވެންޓުގެ ތެރެއިންނެވެ.
އެމްއެމްޕީއާރްސީން ބުނެފައިވާގޮތުން މިއީ ރާއްޖެއަކީ މަލްޓި ލަގްޝަރީ ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓު ކުރުމަށްޓަކައި ފަރުމާކުރެވިފައިވާ ހަރަކާތެކެވެ. އަދި މި އިވެންޓުގައި ތިއޭޓާރ އާއި މިއުޒިކްގެ އިތުރުން ކެއިންބުއިމާއި ފެޝަންގެ އިތުރުން ވާހަކަ ކިޔައިދިނުން ވެސް ހިމެނޭނެކަމަށް ވަނީ ބުނެފަ އެވެ.
އެހެންކަމުން ރާއްޖެއިން ލިބިގަނެވޭނެ ގިނަ ކަންކަމުގެ މައްޗަށް އަލިއަޅުވާލެވިގެން ދާނެކަމަށް ބުނެފައިވެއެވެ.
އެ ކުންފުނިން ދައްކުވައިދޭން މަސައްކަތްކުރާ ކަންކަމުގެ ތެރޭގައި ފިލްމް ޓުއަރިޒަމްގެ އިތުރުން ހެރިޓޭޖްއާއި ލަގްޝަރީ ޓްރެވަލް އެކްސްޕީރިއެންސް ހިމެނެއެވެ.

