ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލައިޑްގެ ކަމަނަ ޕްރޮމޯޝަނާއިއެކު ތަފާތު ގިނަ ފައިދާތަކެއް!

ލައިޑް އިންޝުއަރެންސްގެ ކަމަނަ ޕްރޮމޯޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ތަފާތުއެކި ފައިދާ ތަކާއިއެކު އެލައިޑް އިންޝުއަރެންސްއިން ކަމަނަ ޕްރޮމޯޝަން ފަށައިފިއެވެ.

ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަޔާދި ތަކާފުލްގެ އެސިސްޓަންޓް އޮފިސަރ ފާތިމަތު ދަހާއު އަޝްރަފް ވިދާޅުވީ އެލައިޑަށް 40 އަހަރު ފުރުމާއި ގުޅިގެން އެލައިޑުން ވަރަށް ގިނަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ޕްރޮމޯޝަންތަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ކަމަނަ ޕްރޮމޯޝަންކަމަށް ދަހާއު ވިދާޅުވިއެވެ. މި ޕްރޮމޯޝަންގެ ތެރެއިން ތަފާތު ފައިދާތަކެއް ވެސް ހުންނާނެ ކަމަށާއި ޕްރޮމޯޝަންގެ ތެރޭގައި ޕޮލިސީއެއް ނަގާކަމުގައި ވާނަމަ 100 ޕަސެންޓުގެ ޑިސްކައުންޓެއް ފުރަތަމަ މަހުގެ ޕްރިމިއަމްއަށް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ދަހާއު ވިދާޅުވީ ކަމަނަ ޕްރޮމޯޝަންގައި ވަރަށް ބައިވަރު ފައިދާތަކެއް ހިމެނޭ ކަމަށާއި އެގޮތުން ފުރާނައަށް ގެއްލުން ހުރި ބައްޔެއް ޖެހިއްޖެ ހާލަތުގައި ރައްކާތެރިކަމެއް ލިބިގެންދާ ކަމަށެވެ. އަދި ޕޮރޮމޯޝަނެއް ހިނގާ މުއްދަތުގެ ތެރޭގައި ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވެއްޖެ ހާލަތެއްގައި ވެސް ކަމަނަ ތަކާފުލްގެ ތެރެއިން ކަވަރު ކޮށްދޭނެކަމަށް ދަހާއު ވިދާޅުވިއެވެ. އަދި ވިދާޅުވީ ތަކާފުލް ނަގާ ފަރާތް ނިޔާވެއްޖެ ހާލަތެއްގައި އާއިލާއަށްވެސް ރައްކާތެރިކަމެއް ފޯރުކޮށްދޭން ޖެހޭ ހާލަތުގައި ފޯރުކޮށްދޭ ކަމަށެވެ.

”ފުރާނައަށް ގެއްލުން ހުރި ބަލިތަކަށް ބަލާލާނަމަ ރާއްޖޭގައިވެސް މިހާރު ވަރަށް އާއްމު ބަލި، ކެންސަރ ފަދަ ބަލިތައް. ނޫނީ ހަމަ ތާޑް ޑިގްރީ ބާރންސް ނުވަތަ ހާޓްއެޓޭކްސް، މިކަހަކަ ބައިވަރު ކަންތައްތައް ކްރިޓިކަލް އިލްނެސް އޭ ބުނެލާއިރު އޭގެތެރޭގައި އިންކްލޫޑް ކޮށްދޭ. ކަމަނާއިގެ ތަފާތު އެއްކަމަކީ އަޅުގަނޑުމެން އެބަ އޮފަރ ކުރަން ކަމަނަ ޕްލޭން ނަގާ ކޮންމެ ފަރާތަކަށްވެސް ކޮންމެ ދެ އަހަރަކުން އެއްއަހަރު ކެންސަރ ސްކްރީނިން، އެއީ ކަމަނަ މި ޕްލޭން ނަގާލާ ކޮންމެ ފަރާތަކަށްވެސް ލިބޭ އެބަ މި އޮޕްޝަން. ބޭނުންފުޅުވާކަމުގައި ވާނަމަ ކެންސަރ ސްކްރީނިންގ ހަދާލަން. އޭގެއިތުރަށް ވެސް ކްރިޓިކަލް އިލްނެސްއާއި ޕާމަނެންޓް ޑިސްއެބިލިޓީސްއާއި މިކަހަލ ކަންކަމުގެ އިތުރުން އަދި ކަމަނަ މި ޕްލޭން ނަގާ ފަރާތް، މި ޕްލޭން މި ހިނގާ މުއްދަތުގެ ތެރޭގައި އެބަ ލިބިދޭ މާލީ ވަރަށް ބައިވަރު އެހީތެރިކަން“

ޕްލޭން ނަގާ މީހުންނަށް ލިބޭ މާލީ އެހީތެރިކަމުގެ ތެރޭގައި އިމަޖެންސީ ފަންޑެއް އިންނަ ކަމަށާއި އޭގެން ކޮންމެ 2 އަހަރުން 1 އަހަރު އެ ޕްލޭންގެ 5 އިންސައްތަ ނެގޭކަމަށް ދަހާއު ވިދާޅުވިއެވެ.

މީގެިއތުރަށް ދަހާއު ވިދާޅުވީ މި ޕްލޭން އެކުލަވާލެވިފައި ވަނީ ވަރަށް ބައިވަރު ފައިދާތަކާއި އެކު ކަމަށެވެ. އެހެންނަމަވެސް 100،000 ގެ ޕްލޭނަކަށް 1000 ވެސް ދައްކަން ނުޖެހޭނެ ކަމަށާއި ދައްކަން ޖެހޭނީ 1000 އިން ދަށުގެ އަދަދެއް ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: