ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިރޭ ފުލުހުން ނޫސްވެރިންނާއެކު ސިއްރު ބައްދަލުވުމެއް ބާއްވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މިރޭ 22:30 ގައި ފުލުހުން މީޑިއާތަކާއެކު ސިއްރު ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ. މި ބައްދަލުވުމަކީ ހައްސާސް މައުލޫމާތުތަކެއް ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމެއްކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތު ދެމުން ބުނެފައިވަނީ، މި ބައްދަލުވުމުގައި ހިއްސާކުރާ މައުލޫމާތުތަކަކީ ނާޒުކު އަދި ބައެއް ފަރާތްތަކަށް ބެލުމަށް އުނދަގޫވެދާނެ މަންޒަރުތަކެއް ހިމެނޭ ކޮންޓެންޓް ކަމަށެވެ. އެހެންކަމުން މި ބައްދަލުވުމަށް އެއްވެސް އިލެކްޓްރޯނިކް ވަސީލަތެއް ވެއްދުން މަނާކޮށްފައިވާ ކަމަށް ފުލުހުން ވަނީ އަންގާފައެވެ.

ނަމަވެސް މި ބައްދަލުވުމަކީ ކޮން ކަމަކާ ގުޅިގެން ބާއްވާ ބައްދަލުވުމެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މި ބައްދަލުވުމުގައި ހިއްސާކުރާނެ މައުލޫމާތުތަކަކީ ކޮބައިކަންވެސް އަދި ސާފުކޮށް އަންގާފައެއް ނުވެއެވެ.

ފުލުހުންގެ މިފަދα ސިއްރު ބައްދަލުވުންތައް އާންމުކޮށް ބާއްވަނީ ޤައުމީ ސަލާމަތާ ގުޅުންހުރި ނުވަތα މުޖުތަމައުގެ ރައްކާތެރިކަމާ ގުޅުންހުރި މުހިންމު މައްސަލަތަކާ ގުޅިގެންނެވެ. މިފަދα ބައްދަލުވުންތަކުގައި ހިއްސާކުރާ މައުލޫމާތުތަކަކީ އާންމުކޮށް ޝާއިއުކުރުމަށް ނުވަތα ހާމަކުރުމަށް އެކަށީގެންނުވާ މައުލޫމާތުތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: