ފުރާޅު މައްޗަށް ވެއްޓުނު އަންހެން މީހާގެ މައްސަލައިގައި އިތުރު މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށާއި އޭނާ ފުރާޅުމައްޗަށް ވެއްޓިފައިވަނީ މީހަކުކޮށްޕައިލައިގެން ނޫންކަން ފުލުހުންގެ ތަހުގީގަށް ޔަގީންވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ނޫސްވެރިންނަށް ބޭއްވި ސިއްރު ބައްދަލުވުމެއްގައި 21 އަހަރުގެ އެ އަންހެން މީހާ ވެއްޓުނު ގޮތުގެ ތަފްސީލާއި އަދި އެ މައްސަލައިގައި ހިނގައިދިޔަ ކަންކަން ވަނީ ހާމަކޮށްފައެވެ. އެގޮތުން ފުލުހުން ހިއްސާ ކޮށްފައި މައުލޫމާތުގައި ވަނީ:
- މާލޭގެ މެދުގައި ހުރި ގެޔަކަށް 3 އަންހެނުންނާއި 5 ފިރިހެނުން ދިޔަކަން
- މި 8 މީހުން އެ ގެއަށް ދިޔަ ގަޑި ތަހުގީގަށް ޔަގީން ނުވާކަން
- އެ ގެއިން އެތަނުން 4 މީހުން 12:30 ހާއިރު އަމީނީ މަގުގައި ހުރި ގެއަކަށް ވައިން ކަން
- އެ ގޭގައި 4:30 ވަންދެން އެމީހުން މަޑުކޮށް އެގެއިން އެ 4 މީހުން ނިކުތްކަން
- އެތަނުން 2 ފިރިހެނުން ސައިކަލެއްގައި އެގެއިން ނިކުތްކަން
- 21 އަހަރުގެ އެ އަންހެން މިހާއާއި އަދި އެ ފިރިހެން މީހާއާއި ދެ މީހުން ފައިމަގުގައި ބުރުޒު މަގުގައި ހުރި ހާދިސާ ހިނގި ގެއަށް ވައިންކަން
ފުލުހުންވަނީ ބައެއް މަންޒަރުތައް ފެންނަ ސީސީޓީވީ ފުޓޭޖު ހިއްސާކޮށްފައެވެ. އެހެންނަމަވެސް އެ ފުޓޭޖުގެ ބައެއް ބައިތައް ނުދައްކަ އެވެ. އެއީ އޭގައި ބަދުއަހުލާގީ އަމަލުތައް ހިންގާފައިވާތީކަމަށް ފުލުހުން ވަނީ ހިއްސާކޮށްފައެވެ.
- ފުޓޭޖުގައި ފެންނަ ގޮތުންނަމަ އެ ދެމީހުން ވަނީ 7، 8 އަދި 9 ވަނަ ފަންގިފިލާގައި ހަރަކާތްތެރިވެފައެވެ.
- އެ ދެމީހުން އެކަކު އަނެކަކަށް ގެއްލިގެން ހޯދަން އުޅޭ މަންޒަރު ފެނޭ
- 8 ވަނަ ފަންގިފިލާއިން ދެ މީހުން ދިމާވެ ބަދުއަހުލާގީ އަމަލުތަކެއް ހިންގާ ކަމަށް ފުލުހުން މައުލޫމާތު ދޭ
- އޭގެ ފަހަށް އަނެއްކާވެސް ދެމީހުންނަށް އެކަކުއަނެކާ ގެއްލި ހޯދަން އުޅޭ މަންޒަރު ފެނޭ
- 9 ވަނަ ފަނގިފިލާއަށް އެ އަންހެން މީހާ 4:50 ހާއިރު އަރާ މަންޒަރު ސީސީޓީވީން ފެނޭ
އޭގެފަހަށް 4:51 ގައި އެ އަންހެން މީހާ 2-3 ފޫޓު ބޮޑު މިނުގެ ފެންލައިޓުން ވެއްޓޭ ކަމަށް ފުލުހުން ބުނާ އަޑު އިވިގެންދެއެވެ. އޭރު އެ ފިރިހެން މީހާ ހުރީ 8 ވަނަ ފަންގިފިލާގައެވެ. އަދި ހަމަ އެވަގުތު އެ އަޑާއިއެކު އެޕާޓުމެންޓުން ބާރު އެލާމެއް އަޅާއަޑު އިވިގެންދެއެވެ.
މި މައުލޫމާތުތައް ހިއްސާ ކުރުމުގެ ތެރެއިން ފުލުހުން ބުނެފައިވަނީ އެމީހުން ހަރަކާތްތެރި ވި 2 ގެއެއް ބަލައިފާސްކޮށްފައި ނުވާކަމަށެވެ. އަދި ހާދިސާ ހިނގި ގޭގެ ދެމީހުން މަސްތުވާތަކެއްޗަށް ޕޮސިޓިވް ތޯ ހެދި ޓެސްޓުން ފިރިހެން މީހާ ކެނަބިސްއަށް ޕޮޒިޓިވް ކަމަށް ވަނީ ބުނެފައެވެ. އަދި އަންހެން މީހާގެ ރަސްމީ ރިޕޯޓް ނާންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން އިތުރަށްވެސް ކަންކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

