ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީއެންއާރްގެ ޑޭޓާބޭސް ”ކޮމްޕްރޮމައިޒް“ ވުމުގެ ފުރުސަތެއް ނުދޭނަން: މިނިސްޓަރ

ހޯމް މިނިސްޓަރ އަލީ އިޙްސާން
ޝެއާރކޮށްލާ ކަހަލަދޯ؟

މި ހިނގަމުންދާ ސަރުކާރުގައި ޑީއެންއާރްގެ ޑޭޓާބޭސް ”ކޮމްޕްރޮމައިޒް“ ވުމުގެ ފުރުސަތު ނުދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް ހޯމް މިނިސްޓަރ އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ ބުދަ ދުވަހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މީކާއިލް އިހުސާނަށް ފޮނުވި ނޯޓިސްގައި، ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާބޭސް ބޭނުންކޮށްގެން މީހުންގެ ޝަޚްޞު އޮޅުވާލައި، ޕީއެންސީއަށް މެންބަރޝިޕް ފޯމު ފުރާފައިވާކަން ހާމަވެފައިވާކަމަށް ބަޔާންކޮށް، މީހުންގެ ޒާތީ މަޢުލޫމާތު އިތުރަށް ރައްކާތެރިކުރުމަށް އަޅުއްވާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ސުވާލުކޮށްފައިވެއެވެ. އަދި ސައްހަނޫން ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ މިނިސްޓްރީގެ އިސްވެރިންނާމެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައިވޭތޯވެސް ސުވާލުކޮށްފައިވެއެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލައިގައި ސުވާލު ކުރެވުނު ދުވަހުވެސް ވަރަށް ތަފްސީލީ ގޮތެއްގައި މި މައްސަލައަށް ޖަވާބުދާރީވެވަޑައިގެންފައިވާނެ ކަމަށެވެ. އެހެންކަމުން މިނިސްޓަރ އަނެއްކާވެސް ވަނީ އެކަމާ ގުޅޭ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، 2014 ވަނަ އަހަރުން ފެށިގެން، ޑީއެންއާރްގެ ޑޭޓާ ގެ މައުލޫމާތުތައް ސިޔާސީ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށާއި، ނަމަވެސް މި ސަރުކާރު އައުމަށްފަހު އެކަންކަން ޙައްލު ކުރުމަށް ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ ޒާތީ މައުލޫމާތު ކަށަވަރު ކުރުމަށް ހަރުދަނާ ބަދަލުތައް ގެންނަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ދައުރުގެ ތެރޭގައި ޑީއެންއާރްގެ ޑޭޓާބޭސް ”ކޮމްޕްރޮމައިޒް“ ވުމުގެ ފުރުސަތު ނުދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. އަދި މިހާރު އަޅަމުންދާ ފިޔަވަޅުތަކާއެކު، އައު ސަރުކާރެއް އަންނައިރުވެސް މި ޑޭޓާބޭސްގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ހުރި ދޮރުތައް ބަންދު ކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ސައްޙަ ނޫން ފޯމުތަކާ ގުޅޭ މައްސަލަތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ މިނިސްޓްރީގެ އިސްވެރިންނާމެދު އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ކުރި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، މިނިސްޓްރީގެ އެއްވެސް އޮފިޝަލަކު ސައްޙަ ނޫން ފޯމެއްގައި ސޮއިކޮށްފައިވާކަމުގެ މައްސަލައެއް އެއްވެސް އިދާރާއަކުން ފާހަގަކޮށްފައިނުވާ ކަމަށެވެ.

އެހެންނަމަވެސް އެފަދަ ކަމެއް ފާހަގަވާ ދުވަހަކުން އެ މުވައްޒަފަކާމެދު އަޅުއްވަން ޖެހޭ ފިޔަވަޅު އަޅުއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދާ ހިސާބަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އަދި އަޅުގަނޑުމެންނަށް އަންގާފައެއް ނުވޭ ސައްޙަ ނޫން ފޯމެއްގައި، އަޅުގަނޑުމެންގެ މިނިސްޓްރީގެ އެއްވެސް އިސް ވެރިއަކު ސޮއިކޮށްފައި އެއީ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައެއް

ހަމައެއާއެކު، ޑީއެންއާރްގެ ޑޭޓާބޭސްއާމެދު އެއްވެސް ސުވާލެއް ނެތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ޕީއެންސީއިންވެސް ނޫސްބަޔާނެއް ނެރެފައިވެއެވެ. އެ ބަޔާނުގައި ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތާއި، ސައްހަނޫން ފޯމުތަކުގެ މައްސަލަ ބަލަމުންދާކަމަށް ބަޔާންކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: