ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރަކު އައްޔަނުކޮށްފިއެވެ.
ޕީސީބީން މައުލޫމާތު ދީފައިވާގޮތުން ރާއްޖޭގެ ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރެއް އަައްޔަނުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައިކަމަށެވެ. މެމްބަރުކަމަށް އައްޔަނުކޮށްފައި ވަނީ ހއ. ފިއްލަދޫ މަބުސްތާނުގެ، މުހައްމަދު ވަހީދުއެވެ.
މޯލްޑިވްސް ޕޯޓްސްއަކީ ރާއްޖޭގެ ބަނދަރުތައް ބެލެހެއްޓުމާއި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ކުންފުންޏެވެ.
މި ކުންފުނި 100 އިންސައްތަ ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި ކަނޑައެޅިގެންދިޔައި 2008 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގައެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިޔައީ ކުންފުނިތަކާއި ބެހޭ ގާނޫނުގެ ދަށުންނެވެ.
މި ބަދަލާއިއެކު ކުންފުނިން އަންނަނީ ރާއްޖޭގެ ސަރުކާރުން ބަލަހައްޓާ ހުރިހާ ބަނދަރުތަކެއް އޮޕަރޭޓްކުރުމުގެ މަސައްކަތްތަކާއި އެތަންތަނުގެ ވަސީލަތްތައް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރަމުންނެވެ.

