ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓު އަޅަން ވައުދު ވިޔަސް އަދި އެއްވެސް އަމަލީ މަސައްކަތެއް ނުކުރޭ: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން މިހާތަނަށް 60،000 ހައުސިންގް ޔުނިޓު ބިނާކުރުމަށްޓަކައި އެއްވެސް އަމަލީ މަސައްކަތްތަކެއް ކޮށްފައިނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައުރޫފް ވިދާޅުވީ، ބޯހިޔަވަހިކަމުގެ ބިލުގެ ނަމުގައި ސަރުކާރުން ބިލެއް ހުށައެޅުމުން އެކަމާއި ގުޅޭގޮތުން ބަހުސްކުރެވެމުންދާއިރު މިފަދަ ކަމެއްގައި ހުށާހަޅާ ބިލެއް ދިރާސާކުރަން މަޖިލީހުގެ މެމްބަރުނަށް އެކަށީގެންވާ ވަގުތު ލިބެން ޖެހޭކަމަށެވެ.

މެމްބަރު ވިދާޅުވީ، އާންމު ގޮތެއްގައި ތިން ދުވަހުގެ ފުރުސަތެއް ލިބިގެންދާކަމަށެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ކަންކަން ހިނގަމުން ދަނީ އާންމު އުސޫލާއި އެއްގޮތަށް ނޫންކަމަށް ވިދާޅުވި އެވެ. އަދި ކުއްލި ގޮތަކަށް ސަރުކާރުން މަޖިލީހަށް ބޯހިޔާވަހިކަމާއި ގުޅޭ ބިލެއް ހުށައެޅުމުން ގާނޫނުގެ ތެރެއިން އެ މައްސަލައަށް ހައްލެއް ލިބުމުގެ އުންމީދު ރައްޔިތުންގެ ތެރޭގައި އުފެދިގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.

މައުރޫފް ވިދާޅުވި ގޮތުގައި ހަގީގަތަކީ ސަރުކާރުން ތަރައްގީގެ އެއްވެސް މަޝްރޫޢުއެއް ކުރިޔަށް ނުގެންދާކަމެވެ. އަދި އިއުލާނު ކުރި ގޮތަށް ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތާއި ގުޅުން ހުރި އެއްވެސްކަމެއް އަމަލީ ސިފައެއްގައި ކުރިޔަށް ނުދާކަމަށް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ، 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަމުގެ ތެރޭގައި ފްލެޓުތައް އަޅައި ދައުރު ނިމުނުއިރު ރައްޔިތުންނާއި ހިސާބަށް ފޯރުކޮށްދެވިފައިވާކަމަށެވެ. އަދި ޕީޕީއެމްގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ފްލެޓުގެ މަޝްރޫޢުތައް ކުރިއަށް ގެންދަން ފެށިކަމަށާއި މިއަދު ވެސް އެކަންކަން ފެންނަން އެބަހުރިކަމަށް އޭނާ ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ، 2018 ވަނަ އަހަރުގެ ތެރޭގައި އުފެދުނު އެމްޑީޕީގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފެށި ދައުރުގެ ތެރޭގައި އެތަންތަން ނިންމައި ރައްޔިތުންނަށް ފޯރުކޮށްދިފައިވާކަމަށެވެ. ނަމަވެސް މި ސަރުކާރުން މިހާހިސާބަށް އައިއިރު ބޮޑު ބައެއް ހަދާ ނިމި ރައްޔިތުންނާއިއެކު އެގްރިމެންޓު ކުރެވިފައިވާ ފްލެޓުތަކާއިމެދު އަމަލުކޮށްފައި ވަނީ ބޮޑު މައްސަލަތަކެއް އުފެދިގެންދާނެ ގޮތަށްކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: