ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން ހުރިހާ ސަރުކާރަކުން ވެސް އުޅުނު، އިހުލާސްތެރިކަމެއް އޮތީ ރައީސް މުއިއްޒުގެ: މުހައްމަދު އިސްމާއިލް

ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރަސީ ވުޖޫދަށް އައިފަހުން ބޯހިޔާވެހިކަމުގެ މައްސަލަ ވަރަށް ބޮޑަށް އޮތީ މުޅި ދިވެހިރާއްޖެ ވެރިކޮށްފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ، ބޯހިޔާވަހިކަމުގެ ބިލަށް ބަހުސް ކުރައްވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ، ދިވެހިރާއްޖޭގެ ތާރީހުގައި ދިގު މުއްދަތަކަށް ދެމިގެން ދިޔަ ސަރުކާރުގެ 30 އަހަރުގެ މުއްދަތުގެ ތެރޭގައި، އެ އިރެއްގައި ކުރެވުނު މިންވަރަކުން ބޯހިޔާވެހިކަން ރައްޔިތުންނަށް ހޯދިނުމަށް މަސައްކަތްކޮށްފައިވާކަމަށެވެ. އަދި އެ ވެރިކަމަށް ފަހު ޑިމޮކްރަސީ ދިވެހިރާއްޖެއަށް ތައާރަފުވުމާއިއެކު، ކޮންމެ ސަރުކާރަކަށް ލިބުނު 5 އަހަރުގެ ތެރޭގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް އެ ސަރުކާރުތަކުންވެސް މަސައްކަތްކުރަން އުޅުނުކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

އެ މަސައްކަތްތަކަކީ، އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ އެބޭފުޅުންގެ ސިޔާސީ މަގްސަދެއް ހާސިލުކުރުމަށްޓަކައި  ކުރެވެމުން، ކުރަން ބޭނުންވެގެން، ކުރަމުން އައި މަސައްކަތްތަކެއް ކަމަށް، މި ރަނގަޅުހެޔޮ ނިޔަތެއްގައި ރައްޔިތުންނަށް ބޯހިޔާވެހިކަން ނިކަމެތި ރައްޔިތުންނަށް ދިނުމުގެ މާތް މަތިވެރި މަގްސަދުގައި، މި ސަރުކާރުން ރައީސް ޑރ. މުއިއްޒު މިކަން ކުރައްވާކަމުގެ ކުރަން އުޅޭކަމުގެ، ކުރާނެކަމުގެ އަލިގަދަ ދަލީލެއް މި މަޖިލީހަށް ބިލެއް ފޮނުވައިގެން އެކަމާއި މެދު މިއަދު އަޅުގަނޑުމެން ބިލް ހުށަހެޅިގެން ބަހުސްކުރެވުމުންދަނީ

މުހައްމަދު އިސްމާއިލް ވިދާޅުވެފައި ވަނީ، މީގެ ކުރީ ސަރުކާރުތަކުން ބޯހިޔާވެހިކަމުގެ މަޝްރޫއުތަކާއި އެހެނިހެން މަސައްކަތްތައްކޮށްފައި ވަނީ އިހްލާސްތެރި ނިޔަތެއް ނެތި، ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ކަމަށެވެ. އެހެންނަމަވެސް، ދިވެހިރައްޔިތުންނަށް ހެޔޮ އެދިގެން، ހެޔޮ ނިޔަތެއްގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ މަސަައްކަތްތައް ކުރި ސަރުކާރަކީ މި ސަރުކާރުކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން މި ސަރުކާރުން ވަނީ ޖުމްލަ 40،000 ހައުސިންގ ޔުނިތޫ ގާއިމުކުރުމަށް އިއުލާނު ކުރައްވާފަ އެވެ. އެއީ، ދެކުނު ސަރަހައްދުތަކުގައި 20،000 އަދި އުތުރުގެ ސަރަހައްދުތަކުގައިވެސް ހަމަ އެހާމެ އަދަދެކެވެ. އެގޮތުން، މިފަދަ ބޯހިޔާވެހިކަން ތަރައްގީކުރުމުގެ ޕްރޮޖެކްޓުތައް ހިންގުމަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި 162.1 މިލިއަން ޑޮލަރުވަނީ ކަނޑައަޅައިފައިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: