ބްރޯޑް ކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގައި ހުސްވެފައިވާ މެމްބަރުކަމުގެ ގޮނޑިއަށް 10 މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި 10 ފަރާތްތަކެއްގެ ނަން މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
މިއަދު ކުރިޔަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެ 10 ފަރާތްތަކުގެ ނަންތައް އިއްވައިފައެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ފަރާތްތަކުގެ ނަންތަކަކީ:-
1- އަލްއުސްތާޒާ އާމިނަތު ޝިޔާނާ، މ،. ފަތަހަ
2- އިބްރާހިމް އަޝްރަފު، ވ.މަޝްވެލި
3- މޫސާ ރިޟްވާން، މ.ހާވިލާ
4- އަލީ ޔޫސުފް، ބާރަނާ، ޅ.ހިންނަވަރު
5- ޒީނާ ޒާހިރު، އަތިރީގެ، ގދ.ގައްދޫ
6- އަހުމަދު ޒާހިރު، ހ.ސަންދަލީގެ
7- ޒައްމަތު އަހުމަދު ވަހީދު، މަލަ، ގދ.ތިނަދޫ
8- މުހައްމަދު ޝަމީމު، ހ.ޕްރިޓީިވިލާ
9- ޝިމްލާ އަހުމަދު، ކާސްޓްރަލްގެ، ސ.ހިތަދޫ
10- ފާތުމަތު ޒައީމާ، އޯކިޑުމާގެ، ށ.ފީވައް
މަޖިލީހަށް ފޮނުވި ނަންތަށް ވަނީ މިނިވަން މުވައްސަސާތާކާއި ބެހޭ ކޮމިޓީއަށް ފޮނުއްވާފަ އެވެ.
އެ ކޮމިޓީން ލިސްޓުގައި ހިމެނޭ 10 ފަރާތްތަކަށް އިންޓަވިއުކޮށް، ސެލެކްޝަން ޕްރޮސެސްކުރިޔަށް ގެންދިޔުމަށްފަހު، އެ މަގާމަށް އެންމެ ގާބިލު ފަރާތް ކަނޑައަޅައި މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނެ އެވެ.
ކޮމިޝަނުގައި މިވަގުތު ތިއްބެވި ހަ މެމްބަރުންނަކީ އާމިނަތު އަމީނާއާއި ޝިފްލާ އިބްރާހީމާއި އާމިނަތު ނުޒުހާ، ސޮފާ ޝަފީގު، އާމިނަތު ސަރާހަތު އަދި މުހައްމަދު އަބްދުﷲ އެވެ.

