ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީގެ ކުރިން ބޯހިޔާވަހިކަމުގެ މަސައްކަތްތައް އިންސާފުވެރިކަމާއެކު ކުރެވުނުކަމަށް ރައްޔިތުން ނުދެކޭ: ހުސްނީ

މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ކުރިން އެއްވެސް ސަރުކާރަކަށް ސޯޝަލް ހައުސިންގް މަސައްކަތްތައް އިންސާފުވެރިކަމާއިއެކު ކުރިއަށް ގެންދެވިފައިވާކަމަށް ރައްޔިތުން ގަބޫލުނުކުރާކަމަށާއި ބޯހިޔާވަހިކަމާއި ގުޅުންހުރި ބިލެއް ހުށައެޅިގެންދިއުން މުހިންމުވަނީ އެ ސަބަބަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުސްނީ ވިދާޅުވީ، ހިޔާވަހިކަމުގެ ހައްގަކީ އިންސާނަކަށް ވީތީ ލިބެންޖެހޭ އެންމެ އަސާސީ އެއް ހައްގުކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުއަސާސީން ވެސް އެކަމަކީ ދައުލަތުގައި ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކުން ފޯރުކޮށްދޭން ޖެހޭ އަސާސީ ހައްގެއްގެ ގޮތުގައި ބަޔާން ކުރެވިފައިވާކަމަށް ވިދާޅުވި އެވެ.

ހުސްނީ ވިދާޅުވީ ގާނޫނުއަސާސީއަށް 16 އަހަރު ފުރިގެން ގޮސްފައިވާއިރު އެކި ތަފާތު ވެރިކަންތައް ވެސް ފެނިފައިވާކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންނަށް މި އަސާސީ ހައްގު ލިބިދިނުމުގައި ސަރުކާރުތަކުން މަސައްކަތްކޮށްފައިވޭތޯ ސުވާލު އުފެއްދެވި އެވެ.

ހުސްނީ ވިދާޅުވީ، ކޮންމެ ސަރުކާރަކުންވެސް އެކި ނަން ނަމުގައި، ސިޔާސީ މަގްސަދެއް ހާސިލު ކުރުމުގެ ނިޔަތުގައި ހައުސިން މަޝްރޫޢުތައް ފަށައި ހިންގިކަމަށެވެ.

މެމްބަރު ވިދާޅުވީ، އިންސާފުވެރިކަމާއިއެކު ސޯޝަލް ހައުސިން މަޝްރޫޢުތައް ކުރިއަށް ގެންދެވިފައިވާކަމަށް ގަބޫލުނުކުރާކަމަށާއި ބޯހިޔާވަހިކަމާއި ގުޅުންހުރި ބިލެއް މުހިންމުވެގެންދަނީ އެ ސަބަބާއި ގުޅިގެންކަމަށެވެ. އަދި ބިލު ހުށައެޅުމުން އަދުގެ ސަރުކާރުގެ ކިބައިގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކަންކަން ކުރުމުގެ ހެޔޮ ނިޔަތް އޮތްކަން ކަށަވަރުވެގެންދާކަމަށް ވިދާޅުވިއެވެ.

ހުސްނީ ވިދާޅުވީ، މި ބިލުގެ ސަބަބުން ސަރުކާރުގެ ކިބައިގައި އިހުލާސްތެރިކަން ހުރިކަން ފެނިގެންދާކަމަށާއި ސަބަބަކީ ވެރިކަން ލިބި ބާރުވެރިކަންވެސް ހާސިލުކުރެވިފައިވާއިރު ސިޔާސީ ގޮތުން ގުޅިފައިވާ ފަރާތްތަކަށް އެޕާޓުމެންޓުތަކާއި ބިންތައް ބަހާލުމުގެ ވިސްނުން ނެތްކަން ފެނިގެންދާކަމަށެވެ.

މެމްބަރު ވިދާޅުވީ، ބިލު ފަރުމާކުރެވިފައިވަނީ ގާނޫނެއް މެދުވެރިކޮށް އުސޫލުތަކެއްގެ މަތިން ކަންކަން ކުރިއަށް ގެންދިއުމަށްކަމަށެވެ. އެހެންކަމުން ބޯހިޔާވަހިކަން ލިއްބައިދިނުމަށްޓަކައި ސަރުކާރުން ގެންގުޅޭ ވިސްނުމުގެ އިހުލާސްތެރިކަން އޮތްކަން ފެނިގެންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: