ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުން އަމަލުކުރަމުންދަނީ ނުހަނު ޒިންމާދާރުކަން ކުޑަކޮށް: އެމްޑީޕީ

އެމްޑީޕީގެ ޖަލްސާގެ ތެރެއިން: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޒުވާން އަންހެން މީހާގެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ ގޮތާމެދު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، މި މައްސަލައާ ގުޅޭ ބައެއް މައުލޫމާތު ހިފަހައްޓައި، ސިއްރުން ކުރިއަށްދިޔަ ބައްދަލުވުމެއްގައި އަނިޔާލިބުނު ޒުވާނާގެ މައުލޫމާތު ހާމަކޮށްފައިވުމަކީ ފުލުހުންގެ އިދާރާގެ ފަރާތުން ފެނިގެންދިޔަ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެކެވެ. އަދި މިފަދަ ގޮތަކަށް އަމަލު ކުރުމަކީ އިންސާފު ލިބުމަށް އޮތް ހުރަހެއްކަމަށްވެސް އެ ޕާޓީން ދެކޭކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެމްޑީޕީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ”ވަކި ފަރާތަކަށް ޖެހުމެއް ނެތި، ޒާތީ ތައައްސުބުން އެއްކިބާވެ، ފަސްޖެހުމެއް ނެތި ހަމަހަމަކަމާއެކު ޤާނޫނު ނެގެހެއްޓުމާއި ޤާނޫނު ތަންފީޒު ކުރުމަކީ ފުލުހުންގެ ޤާނޫނީ ވާޖިބެކެވެ.“ އަދި މި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު، ކުރީގެ އުސޫލުތަކާ ޚިލާފަށް ފުލުހުން އަމަލުކޮށްފައިވާކަން އާއިލާއިން މީޑިއާއަށް ހާމަކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި މިނިވަން އަދި އިންސާފުވެރި ތަހުގީގެއް ކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. އަދި ތަހުގީގުގައި ފުލުހުންގެ ފަރާތުން އެއްވެސް އިހުމާލެއްވެފައިވާނަމަ، އެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުމަށްވެސް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލާފައިވެއެވެ.

މީގެއިތުރުން، ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ އިތުރުވެ، އެކަމުގައި ޒުވާނުން ޖެހެމުންދާކަން ފާހަގަކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށްވެސް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: