ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްދު ހައްޔަރު ކުރަން ނެރުނު އަމުރު؛ ޔުމްނު ވެއްޓުނު ހާދިސާގައި އޭނާގެ ބައިވެރިވުން އޮވެދާނެކަމަށް ތުހުމަތު

މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަަހުމަދު ޒިލާލް - 21 އ. / ފޮޓޯ: ސީސީޓީވީގެ ސްނެޕްޝޮޓްއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހަފްތާގެ ހުކުރު ދުވަހު އިމާރާތެއްގެ މަތީން ވެއްޓުނު 21 އަހަރުގެ އަންހެން މީހާގެ މައްސަލައިގައި، ރައުދު އަހުމަދު ޒިލާލްގެ ބައިވެރިވުމެއް އޮވެދާނެކަމަށް އޭނާ ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރުގައި ފުލުހުން ތުހުމަތުކޮށްފި އެވެ.

ފުލުހުން ރައުދު ހައްޔަރު ކުރުމަށް އެދިފައި ވަނީ ހައްވާ ޔުމްނު ރަޝީދު އެ އިމާރާތުން ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތްކަމަށް ތުހުމަތުކޮށާއި ހާދިސާ ހިނގި ވަގުތު އޭނާ މަސްތުގެ ހާލަތުގައި ހުރުމުގެ އިތުރުން ޖިންސީ ބޭނުން ހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތެވެ.

ހ. ފެންޓޯނިއާގެ 8 ވަނަ ފަންގިފިލާއާއި، 09 ވަނަ ފަންގިފިލާ ދެމެދަށް ވާ ގޮތަށް ހުރި ފެންލައިޓުން ޔުމްނު ވެއްޓުނީ ހ. މިޓާޒްގޭ ގުދަނެއްގެ ފުރާޅު މައްޗަށެވެ. އެ މައްސަލައިގައި ރައުދު ހައްޔަރު ކުރުމަށް ފުލުހުން ކޯޓު އަމުރަށް އެދުނީ، އެކަމާ ގިނަ ބަޔަކު ސުވާލު އުފައްދައި، ފުލުހުންގެ ތަހުގީގާއި މެދު ގިނަ ތުހުމަތުތައް ވެސް ކުރަމުން ދަނިކޮށެވެ.

ޔުމްނު ވެއްޓުނު މައްސަލައިގައި ފުލުހުން ހޯދިހޯދުންތަކުން، އޭނާއާއި އެކު އެރޭ ފެންޓޯނިއާގޭގައި އުޅުނީ ރައުދުކަން އެނގި ފުލުހުން އޭނާ މަސްތުވާތަކެއްޗަށް ޓެސްޓު ކުރި އެވެ. އަދި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވި ނަމަވެސް އޭނާ ހައްޔަރެއް ނުކުރެ އެވެ.

މައްސަލަ ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް ފުލުހުން ވަނީ ޔުމްނުއާއި ރައުދު އެ މީހުންނާއި އެއްވެސް ގުޅުމެއް ނެތްކަމަށް ބުނާ ގޭގެ 7 ވަނަ ފްލޯގައި ބަދުއަހުލާގީ އަމަލުތައް ހިންގާ މަންޒަރު ފެންނަ ފުޓޭޖު އާންމުކޮށްފަ އެވެ.

މުޅި މައްސަލަ ފެށިގެން އަންނަ މއ. މާންދޫގޭގައި ބުރާސްފަތި ދުވަހުގެ ރޭ ޕާޓީ ކުރަމުން އުޅުނުކަމަށް ބެލެވޭ ޖުމްލަ 09 މީހުންގެ ވަނަވަރާއި ފޮޓޯތައް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އަދި ޕާޓީއަށް ފަހު 4 މީހަކު ދިޔަކަމަށް ބުނާ ގ. ކަށިވެލީގެ ތިންވަނަ ފްލޯ އަކީ ވެސް މީގެ ތެރޭގައި ހިމެނޭ އެއް ގެއެވެ.

މީގެއިތުރުން ހަތް މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި، ކޯޓު އަމުރެއްގެ ދަށުން ފޯނު ވެސް ވަނީ ހިފަހައްޓާފަ އެވެ.

އެގެތައް ބަލައި ފުލުހުން މީގެ ކުރިން ފާސްކޮށްފައި ނުވެއެވެ. އެހެން ނަމަވެސް އިއްޔެ ކޯޓު އަމުރެއްގެ ދަށުން އެ ދެގެ ވެސް ބަލައި ފާސްކުރިއިރު، 6 ދުވަސް ފަހުން ގެތައް ބަލައި ފާސްކުރުމަކީ ހެކި ނައްތާލުމަށް ފުރަސަތު ދިނުންކަމަށް ނޫސްވެރިން ވެސް ވަނީ ސުވާލުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: