ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީގެ ކުރިން ފުލުހުންނަށް ސަރުކާރުތަކުން އެއްބާރުލުން ދީފައި ނުވޭ: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ކުރިން ސަރުކާރުތަކުން ފުލުހުންނަށް ދޭންޖެހޭ އެއްބާރުލުން ދީފައިނުވާކަމަށާއި އެކަން ކުރެވިފައިވާނަަމަ މިއަދު އޮތް ހާލަތަށް ގައުމު ވެއްޓިގެން ނުދާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އަހަރީ ދުވަަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގެ މައްސަލައަކީ މިއަދު ފެށިފައިވާ ކަމެއް ނޫންކަމަށެވެ. އަދި ރާއްޖޭގެ މުޖުތަމައަށް ބަލާއިރު އެތައް އަހަރުތަކެއްގެ މަތިން އެކި ސަރުކާރުތަކުން ގެންގުޅެފައިވާ ސިޔާސަތުތަކުގެ ސަބަބުންނާއި އެހެނިހެން ކަންކަމުގެ ސަބަބުން ފެތުރިފައިވާ ނުރަނގަޅު ބޮޑެތި މައްސަލަތަކެއް ހުރިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ޑްރަގުގެ ވަބާއަކީ މިގޮތުން ފާހަގަކޮށްލެވޭ އެންމެ ބޮޑު މައްސަލަކަމަށާއި އެކަމާއި ގުޅިގެނާއި ނުގުޅިވެސް ގޭންގުތަކާއި ގުރޫޕުތައް ހަދައި އެއްވެގެން ހިންގާ މާރާމާރީ ފަދަ ނުބައި އަމަލުތަކުގެ މައްސަލަވެސް ފުޅާވެގެންގޮސްފައިވާކަމަށޭވެ. ރައީސް ވިދާޅުވީ، އެކަމަކީ މިއަދު ފެށުނު ކަމެއް ނޫންކަމަށާއި ރާއްޖޭގައި އެފަދަ މައްސަލަތައް ފެންމަތިވަމުން އަންނަތާ އެތައް އަހަރެއް ވެފައިވާކަމަށެވެ.

ރައީސް ވިދާޅުވީ، އެކަންކަން ހުއްޓުވުމަށްޓަކައި ބޭނުންވާ އެއްބާރުލުން އެއްވެސް ވަރަކަށް ސަރުކާރުގެ ތެރެއިން ލިބިފައިނުވާކަމަށާއި އެކަށީގެންވާ ވަރާއި ގާތްވެސް ނުކުރާކަަމަށެވެ. އަދި އެ އެއްބާރުލުން ސަރުކާރުތަކުގެ ފަރާތުން ފުލުހުންނަށް ލިބިފައިވީނަމަ މިއަދު ރާއްޖޭގައި ކަންކަން މިހާރު އޮތް މިންވަރަށް ގޯސްވެގެން ގޮސްފައިނުވާނެކަމަށް ހިއްސާކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުންވަނީ އެކަން ބަދަލުކުރުމަށް އަޒުމު ކަނޑައަޅާފައިކަމަށާއި ފުލުހުންގެ ހިދުމަތްތައް ރައްޔިތުންނަށް ދެވޭނެ މަގު ފަހިކުރުމުގެ ގޮތުން ކޮށްދޭންޖެހޭ ހުރިހާކަމެއް ކޮށްދިނުމަށް މި ސަރުކާރުން ނިންމާފައިވާނެކަމަށެވެ. އެހެންކަމުން އެކަން ހާސިލުކުރުމަށްޓަކައި ގާނުނުތައް އިސްލާހުކުރަންޖެހިފައި އޮތުމާއިއެކު ވަރަށް ފުޅާ ދާއިރާއެއްގައި ގޭންގު ކުށްތަކާއި ބެހޭ ގާނޫނު އެއްކޮށް ބަދަލުކުރެވި މަޖިލީހުގެ ތެރޭގައި ފާސްކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށެވެ.

ރައީސް ވިދާޅުވީ، އެ ގާނޫނު ފާސްވެގެން އައުމުން ހަމަހަމަކަމާއި ޒިންމާދާރުކަމާއިއެކު ގައުމުގައި ފެތުރިފައިވާ ބޮޑު މައްސަލަތައް ހައްލުކުރުމަށް ފުލުހުންނަށް ފުރުސަތު ލިބިގެންދާނެކަމަށެވެ. އެގޮތުން ޑްރަގުގެ މައްސަލައަށް އެކަށީގެންވާ ބޮޑު ހައްލެއް ގެނައުމާއި ގޭންގު މާރާމާރީ ފަދަ ކުށްތަކުގެ މައްސަލަތައް ހައްލުކުރުމަށް ފަހިވެގެންދާނެކަމަށް އިޝާރާތްކުރެއްވިއެވެ. އަދި އަދަދުވެސް ނޭނގޭހާ ގިނަ އަދަދަކަށް ނުގަވައިދުން އުޅެމުންދާ ބިދޭސީން ރާއްޖޭގައި ހަރަކާތްތެރިވަމުންދާ މައްސަލަ ހައްލުކުރުމުގައިވެސް ބޭނުންވާ އެހީތެރިކަން ސަރުކާރުތަކުން ފުލުހުންނަށް ފޯރުކޮށްދީފައިނުވާކަމަށެވެ. ނަމަވެސް މި ސަރުކާރުންވަނީ އެ މައްސަލައަށް ހައްލެއް ގެނެވޭނެ މަގު ފަހިކުރުމުގެ މަސައްކަތްތައް ފަށާފައިކަން ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: